about 3 hours 0
ލީވާން އަލީ ނާސިރު
އެމްޕީއެލް ސަރަހައްދުގައި ވެހިކަލްތައް ޕާކު ކޮށްފައި: ކާރޫބާރޫ ބޮޑު މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި -- ފޮޓޯ؛ އަދަދު ފައިލް
about 3 hours 0
މާލޭގެ ކާރޫބާރޫ ބޮޑެތި މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުންދާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މާލޭގެ ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު، އަމީރު އަހުމަދު މަގު އަދި ސޯސަން މަގުގައި އާންމު ދަތުރުފަތުރު ކުރުމަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކުރާ އަޅަނދުތައް ޓޯ ކުރަމުން ގެންދާނެ ކަމަށެވެ.
މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމުން ދޭ އެއްބާރުލުމަށް އެ މުއްސަސާއިން ޝުކުރު އަދާ ކުރި އެވެ.
ގަވާއިދާ ހިލާފަށް ޕާކު ކުރުން ހުއްޓުވުމަށް މާލޭގެ މަގުތަކާއި ގޯޅިތައް ބައްދަލުވާ ބައެއް ކަންމަތިތަކުގައި ރަތް ރޮނގު ކުރަހައި، އެ ތަންތަނުގައި ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ހާމަ ކުރި އެވެ.
ނަމަވެސް މަސައްކަތް މިހާތަނަށް ފަށާފައި ނުވާއިރު، ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް އެކަށީގެންވާ ގޮތެއްގައި ފުލުހުން ޓޯ ނުކުރެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަ ކުރާ ގޮތުގައި މާލޭ ސަރަހައްދުގައި 118،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވީ ވައުދަކީ ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ސްޓިކާ ޖަހައި ޖޫރިމަނާ ކުރާނީ ޕާކު ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމު ކޮށްދިނުމަށްފަހު ކަމަށެވެ. ނަމަވެސް ޕާކް ކުރުމަށް އެކަށީގެންވާ ތަން ނުދައްކައި ސަރުކާރުން އަންނަނީ އަޅަނދުތައް ޓޯ ކުރަމުންނެވެ.
Comment