ޗުއްޓީގައި ހުންނަވަނިކޮށް އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލަތު ގޯސް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

19 ޑިސެންބަރު 2024 - 05:19 0

ސާއިފް ޝިޔާދު

ސ

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން: އޭނާ ޗުއްޓީގައި ހުންނެވީ ފުޅަދޫގައި --


ޗުއްޓީގައި ހުންނަވަނިކޮށް އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލަތު ގޯސް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

19 ޑިސެންބަރު 2024 - 05:19 0

ޗުއްޓީގައި ހުންނަވަނިކޮށް ދިމާވި ސިއްހީ ހާލަތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މާލެ ގެނެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ސުޕްރީމް ކޯޓު މިވަގުތު ރިސެސްގައި އޮތުމާއެކު އުއްތަމަ ފަނޑިޔާރު ހުންނެވީ ޗުއްޓީގަ އެވެ. އެމަނިކުފާނު ޗުއްޓީއަށް ވަޑައިގެން ހުންނެވީ ބ. ފުޅަދޫގަ އެވެ.

އެ ރަށުގައި ހުންނަވަނިކޮށް އެރި ތަދަކާ ގުޅިގެން އިތުރު ފަރުވާއަށް އެމަނިކުފާނު މާލެ ގެނައީ ހެލިކޮޕްޓަރުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އުއްތަމަަ ފަނޑިޔާރަށް ފަރުވާ ދެމުންދާއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައި ނުވެ އެވެ.