Advertisement

ކުމާރިކާ ތެޔޮ: އިސްތަށިގަނޑަށް ފުރިހަމަ ފަރުވާއެއް

16 ޑިސެންބަރު 2024 - 13:33 0


ކުމާރިކާ ތެޔޮ: އިސްތަށިގަނޑަށް ފުރިހަމަ ފަރުވާއެއް

16 ޑިސެންބަރު 2024 - 13:33 0

އިސްތަށިގަނޑަށް ފުރިހަމަ ފަރުވާއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ކުމާރިކާގެ ފަހުގެ އުފެއްދުން ކަމުގައިވާ ކުމާރިކާ ނޮރިޝިން ހެއާ އޮއިލަކީ އިސްތަށި ފޭބުމާއި، އިސްތަށިގަނޑު ކިފުޅިވެ، ހަރުވުން ފަދަ ކަންބޮޑުވުން ތަކަށް އޮތް ހައްލެކެވެ.

މި އުފެއްދުމުގައި ހިމެނެނީ ސައްތައިން ސައްތަ ގުދުރަތީ މާއްދާ އެވެ. އޭގެ ތެރޭގައި ކާށި ތެލާއި ހިކަނދި ފަތާއި، އެލޯވެރާ, ފޯލްސް ޑޭޒީ އަދި ޕެނީވޯޓް އެކުލެވެ އެވެ. މިއީ އިސްތަށިގަނޑުގެ ބުޑު ވަރުގަދަކޮށް، އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުވެ، ދިގު އިސްތަށިގަނޑަކަށް އެހީތެރިވެދޭ މާއްދާތަކެވެ. ކާށި ތެލަކީ ޒަމާނުއްސުރެ ދިވެހިން ވެސް ތަޖުރިބާކޮށް، ނަތީޖާ ކަށަވަރު އުފެއްދުމެކެވެ.

ކުމާރިކާ ނޮރިޝިން ހެއާ އޮއިލަކީ ލުއި އަދި ނޮން ސްޓިކީ އެއްޗަކަށް ވާތީ ޝޭމްޕޫ ލައިގެން ބޯ ދޮއުމުގެ ކުރިން ވެސް މި ތެޔޮ ބޭނުން ކުރެވިދާނެ އެވެ. އޭރުން، ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ހަރުވުމުން ދުރުކޮށްދީ ތެއްކަން ފެންނާނެ އެވެ. އަދި ފެން ވެރުމަށް ފަހު ވެސް ކުޑަ ތެޔޮ ފޮދެއް ބޭނުން ކުރުމުން، އިސްތަށިގަނޑަށް އިތުރު ދިރުމެއް ގެނުވަ އެވެ.

މި މަރުކާގެ ގުދުރަތީ ފޯމިއުލާ އިސްތަށިގަނޑުގެ ސިއްހަތަށް ރަނގަޅު ވުމުން ކަސްޓަމަރުންގެ ތައުރީފު މި އުފެއްދުމަށް ލިބެ އެވެ.

މަޝްހޫރު މި އުފެއްދުން ހޯލް ސޭލްކޮށް ރީޓެއިލް ކުރަނީ، ލިލީ ސްޓޯރާއި ލާލު ސްޓޯރު އަދި ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް އާއި ކުޅުދުއްފުށީގައި ހުންނަ ލިލީ ޝޮޕުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މި ތެޔޮ ގަންނަން ލިބޭނެ އެވެ.