Advertisement

ކ. ގުރައިދޫގައި ނިޔާވި ހަތަރު މަހުގެ ކުއްޖެއްގެ އޮޓޮޕްސީ ހަދަން ބޭރަށް ފޮނުވަނީ

14 ޑިސެންބަރު 2024 - 19:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކ. ގުރައިދޫ: އެ ރަށުގައި ނިޔާވި ހަތަރު މަހުގެ ކުއްޖެއްގެ މައްސަލަ ތަހުގީގު ކުރަން އެ ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ބޭރަށް ފޮނުވަން ވަނީ ނިންމާފައި - ފޮޓޯ: ފައިލް


ކ. ގުރައިދޫގައި ނިޔާވި ހަތަރު މަހުގެ ކުއްޖެއްގެ އޮޓޮޕްސީ ހަދަން ބޭރަށް ފޮނުވަނީ

14 ޑިސެންބަރު 2024 - 19:22 0

ކ. ގުރައިދޫގައި ރޭ ދަންވަރު ނިޔާވި ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާތީ، އެ މައްސަލަ ތަހުގީގު ކުރަން ކުއްޖާގެ އޮޓޮޕްސީއެއް ހަދަން ބޭރަށް ފޮނުވަން ނިންމައިފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ މަރުގެ މައްސަލަ ފުލުހަށް މިއަދު ރިޕޯޓު ކޮށްފައިވާތީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ ކުއްޖާގެ މަރާ ގުޅިގެން ފުލުހުން އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ގުރައިދޫގެ ކައުންސިލަރު އިބްރާހިމް ޝަލީޒް "އަދަދު" އަށް ވިދާޅުވީ އެ ކުއްޖާ ރޭ 12:30 ހާއިރު ރަށުގެ ހެލްތު ސެންޓަރަށް ގެނެވުނުއިރު ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ބުނި ކަމަށެވެ.

ކުއްޖާ ވަޅުލުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދަނިކޮށް އެ ކުއްޖާގެ ޓެސްޓުތައް ހެދުމަށް ފުލުހުން އެދިގެން ރޭ ދަންވަރު 3:00 ޖެހިއިރު މާލެ ގެނައި ކަމަށް އިބްރާހިމް ޝަލީޒް ވިދާޅުވި އެވެ.

"ހެލްތު ސެންޓަރުން ބުނީ ގެނައި އިރު ވެސް ނިޔާވެފައޭ އެ ކުއްޖާ އޮތީ. ކުއްޖާގެ ކަށުކަމާ ކެމީގެ ކަންކަން ރެޑީ ކުރިތަނާ ފުލުހުން ބުނީ މާލެ ގެންދަންށޭ ޖެހޭނީ. ޓެސްޓުތައް ހަދާފައޭ ވަޅުލެވޭނީ. 3:00 ޖެހިއިރު ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ޝަލީޒް ވިދާޅުވީ ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތައް އަދި މަރުތައް ފުލުހުން އާންމު ގޮތެއްގައި ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރެ އެވެ.