Advertisement

ސަރުކާރުން ގެރެންޓީ ދީގެން އެސްޓީއޯއަށް ބޮޑު ލޯނެއް ނަގައިފި

13 ޑިސެންބަރު 2024 - 11:43 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެސްޓީއޯގެ މައި އޮފީސް އިމާރާތް.


ސަރުކާރުން ގެރެންޓީ ދީގެން އެސްޓީއޯއަށް ބޮޑު ލޯނެއް ނަގައިފި

13 ޑިސެންބަރު 2024 - 11:43 4

ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެމެރިކާގެ ޕްރައިވެޓް ކްރެޑިޓަރެއްގެ އަތުން ނަގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ލޯނު ނަގަން ސޮއިކުރީ ނޮވެމްބަރު 8, ގަ އެވެ. ގާތްގަނޑަކަށް 770 މިލިއަން ރުފިޔާގެ މި ލޯނަށް ސަރުކާރުން ގެރެންޓީ ދޫކުރީ ނޮވެމްބަރު 20, ގަ އެވެ.

އެސްޓީއޯއިން ނެގި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 13.13 ޕަސެންޓު ކަމަށްވާއިރު ލޯނުގެ މެޗޫރިޓީއަކީ ތިން އަހަރެވެ. ދެ އަހަރާއި ބައި ފާއިތުވުމުން 25 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު ބާކީ ދައްކަން ޖެހެނީ ތިންވަނަ އަހަރު އެވެ.

ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީއަށް ފޮނުވި މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ލޯނު ނަގާފައިވަނީ އެ ކުންފުނިން އެތެރެކުރާ ބޭހާއި, ކާޑުގެ ބާވަތްތަކާއި އެ ނޫންވެސް ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ.

މި ލޯނު އެސްޓީއޯއިން ނަގަނީ އެމެރިކާގެ ޕްރައިވެޓް ކްރެޑިޓަރެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ އިންކް) އިންނެވެ.