Advertisement

މުހައްމަދު އިސްމާއީލްގެ މައްސަލަ ބަލަން އެމްޑީޕީން ގޮވާލައިފި

about 4 hours 0

ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް


މުހައްމަދު އިސްމާއީލްގެ މައްސަލަ ބަލަން އެމްޑީޕީން ގޮވާލައިފި

about 4 hours 0

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަކީ އިސްލާމްދީން ގަބޫލު ނުކުރާ ބައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވި މައްސަލަ ބެލުމަށް އެ ޕާޓީން ފުލުހުންނަށް ގޮވާލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރި ޖަލްސާ ޖަލްސާގައި ކިޔެވި ގުރުއާނުގެ އާޔަތުގައި ހިމެނޭ "ފާސިގު" މި ލަފުޒު ޕީއެސްއެމްގެ ލައިވް ފީޑުން އުނި ވެގެން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި އެ ޕާޓީގެ އާންމު މެންބަރުންނަށް ނިސްބަތްކޮށް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ "މިބޭފުޅުންނަކީ ކީރިތި ގުރުއާން ކީއްކުރަންތޯ އިސްލާމް ދީން ވެސް ގަބޫލުކުރާބައެއް ނޫން" ކަމަށެވެ.

އެ ވާހަކައަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 1 ގެ 2 ވަނަ ނަންބަރާއި، ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން ޖިނާއީ ކުށުގެ އަމަލެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 1 ގެ 2 ވަނަ ނަންބަރުގައި ބުނެފައި ވަނީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު، ނުވަތަ ކުފުރުގެ ބަހެއް ފައުޅުނުކުރާހައި ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހައި ހިނދަކު އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ނުވަތަ ތުހުމަތު ކުރުމަކީ ކުށެއް ކަމުގައެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމަކީ ކުށެއް ކަމަށެވެ.

މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަކީ މި ޕާޓީގެ މަގުސަދެއްކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށާއި މި ޕާޓީގެ އަސާސީ ގަވާއިދުން ލާޒިމުކުރާ ގުނަންތަކުގެ ތެރޭގައި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހެއް ހިމެނޭ ކަމަށް އެ ޕާޓީން ބުނެ އެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް އެކުލަވާލީ އަދި، ދީނީ އިލްމުވެރިންނަށް ބަސް ބުނުމުގެ ފުރުސަތު ހޯދައި ދިނީ އެމްޑީޕީގެ ބުރަ މަސައްކަތުން ކަމަށާއި އިސްލާމް ދީނުގެ ދިފާއުގައި އެމްޑީޕީން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.