Advertisement

މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދެނީ މިފްކޯގެ އެކައުންޓު އޯވާޑްރޯކޮށް، ނެތް ފައިސާ ނަގައިގެން

10 ޑިސެންބަރު 2024 - 14:41 0

އަހުމަދު އާއިދު

އ

Advertisement

މިފްކޯގެ ބޯޓަކަށް މަސް ކިރުވަނީ. -- ފޮޓޯ: އަދަދު

މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދެނީ މިފްކޯގެ އެކައުންޓު އޯވާޑްރޯކޮށް، ނެތް ފައިސާ ނަގައިގެން

10 ޑިސެންބަރު 2024 - 14:41 0

Advertisement

Advertisement

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ބޭންކު އެކައުންޓު އޯވާ ޑްރޯކޮށް ނެތް ފައިސާ ނަގައިގެންކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަސްވެރިންނަށް ފައިސާ ދިނުމަށް އެ ބޭންކުން މިފްކޯއަށް 700 މިލިއަން ރުފިޔާ އޯވާޑްރޯ ފެސިލިޓީއެއް ވަނީ ހަމަޖައްސައިދީފަ އެވެ. އެ ފެސިލިޓީ މެދުވެރިކޮށް ނަގާ ފައިސާ އަނބުރާ ދެއްކުމަށް ޝަރުތުކޮށްފައިވަނީ ޑޮލަރުންނެވެ.

Advertisement

މިފްކޯއިން ބޭރުކުރާ މަހަށް ޑޮލަރުން އާމްދަނީ ލިބެ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ބަހެއް ނުލިބެ އެވެ.

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ނުފުއްދި ދިގުލައިގެން ދާތީ މަސްވެރިންގެ ކަންބޮޑުވުންތައް އޮތީ ބޮޑުވެފަ އެވެ.

Advertisement

ރައީސްގެ ވައުދާ އެއްގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ ނަމުގައި، އެމްޑީޕީން އިސްވެ މާލޭގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ތައްޔާރުވަމުން ދަނިކޮށް އެވެ.

މިއީ ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އާއި މިފްކޯ މެދުވެރިވެގެން ހަދާފައިވާ އެރޭންޖުމަންޓެއް ކަމަށް ރައީސް އިއްޔެ ވިދާޅުވީ ކ. ގާފަރުގައި ވާހަކަ ދައްކަވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އޯވާ ޑްރޯ އެގްރީމެންޓަށް ގެރެންޓީ ދީފައިވަނީ ސަރުކާރުންނެވެ.

މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ މަސް ދޯނިތަކަށް ފައިސާ ދެވޭނެ

މަސްވެރިންގެ މުޒާހަރާތަކަށްފަހު ސަރުކާރުން ވަނީ މަހުގެ އަގު 20ރ. އަށް ވުރެ ތިރި ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް މަހުގެ އަގު ވަރަށް ބޮޑަށް ތިރިކޮށްފައި. މިހާރު މިފްކޯއިން މަސް ގަންނަނީ 5ރ. އާއި 16ރ. އާ ދެމެދުގެ ރޭޓުތަކެއްގައި.

ބީއެމްއެލްއާއެކު ވި އެއްބަސްވުމުގެ ދަށުން، އިއްޔެއާ ހަމައަށް މަސްވެރިންނަށް ދޫނުކޮށް ހުރި 38 މިލިއަން ރުފިޔާ މިހާރު ޖަމާކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިފްކޯއިން ވަނީ މަސް ގަންނަ އަގު ވެސް 5ރ. އާއި 16ރ. ދެމެދުގެ ރޭޓަކަށް ތިރިކޮށްފަ އެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކީ މަސްކިލޯއެއް 20ރ. ގައި ހިފެހެއްޓުމެވެ.