Advertisement

ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް ގަންނަން ނިންމައި، ތެލުން 51 ލާރި އަގުހެޔޮކޮށްފި

about 2 hours 0


ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް ގަންނަން ނިންމައި، ތެލުން 51 ލާރި އަގުހެޔޮކޮށްފި

about 2 hours 0

ކިލޯއަކަށް ވުރެ ބަރު ކަޅުބިލަމަސް މާދަމާއިން ފެށިގެން 16 ރުފިޔާއަށް މިފްކޯއިން ގަންނާނެ ކަމަށާއި އެސްޓީއޯއިން މަސްވެެރިންނަށް ވިއްކާ ތެލުން 51 ލާރި އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކިލޯއަކަށްވުރެ ބަރު މަސް މާދަމާއިން ފެށިގެން މިފްކޯއިން ގަންނާނީ މަދުވެގެން 16 ރުފިޔާއަށް ކަމަށެވެ. އަދި މަސްވެރިންނަށް ވިއްކާ ތެލުން 51 ލާރި މާދަމާއިން ފެށިގެން އަގު ހެޔޮވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާރު މިފްކޯއިން 16 ރުފިޔާއަށް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް. މަސްވެރިންނާއި ކަމާ ގުޅުން ހުރި ދާއިރާތަކުގެ މަޝްވަރާއާއެކު މިހާރު މި ވަނީ، މާދަމާއިން ފެށިގެން ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން މަތިން ގަންނަ ހުރިހާ މަހެއްގެ އަގު މަދުވެގެން 16 ރުފިޔާގައި ހިފެހެއްޓުމަށް ނިންމައިފަ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މަސްވެރިންނަށް ވިއްކާ ތެލުން 51 ލާރީގެ ޑިސްކައުންޓެއް ދިނުމުގެ އިތުރުން، ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާ އޮޑިފަހަރަށް 71 ލާރީގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އެ ޑިސްކައުންޓުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު މަސް ކިލޯއެއް މިފްކޯއަށް ގަންނަމުންދިޔައީ 25 ރުފިޔާއަށެވެ. އެކަމަކު ޖޫން 30، 2024، ގައި ސަރުކާރުން ވަނީ މަސް ގަންނަ އަގަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެ ދުވަހުން ފެށިގެން ގަނޑުކުރި މަސް ކިލޯއެއް ގަންނަނީ 16 ރުފިޔާއަށެވެ. ގަނޑު ނުކުރާ މަސް ގަންނަނީ ކިލޯއެއް 14 ރުފިޔާއަށެވެ.

މަސް ގަންނަ އަގު މިފްކޯއިން ކުޑަ ކުރިއިރު، މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމަކީ މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން،" އޯގަސްޓު 19، 2023، ގައި މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވެ އެވެ.