9 ޑިސެންބަރު 2024 - 06:31 4
މުހައްމަދު ޝަހްޒާން
9 ޑިސެންބަރު 2024 - 06:31 4
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުނި އުކުމަށް ދުވާލަކު 250،000ރ. ގެ މަގުން 14 މިލިއަނެއްހައި ރުފިޔާ ހަރަދު ކުރި މައްސަލައާ ގުޅިފައި އޮތީ މަސްތުވާތަކެތީގެ މައްސަލައާ ކަމަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ނާޒިމު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ގޮތްތައް ޒަމާނާއެކު ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް ބަދަލުވި ގޮތާ އެއްވަރަށް މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ނުކުރެވޭކަން ނާޒިމު ފާހަގަ ކުރެއްވި އެވެ.
މަސްތުވާތަކެތީގެ މައްސަލަައިގެ މޫލާފައި އޮތް މިންވަރުގެ މިސާލުތަކެއް ދެއްވަމުން ނާޒިމު ވިދާޅުވީ އެއާޕޯޓުގެ ކުނި އުކުމުގެ މައްސަލައިގެ ފަހަތުގައި ވެސް އޮތީ މަސްތުވާތަކެތީގެ ވިޔަފާރި ކަމަށެވެ.
"ދާދި ފަހުން އަޅުގަނޑުމެންނަށް އިވިގެން އެބަދޭ އެއާޕޯޓުގެ ކުނި އުކައިލުމުގެ މައްސަލައެއްގެ ވާހަކަ ވެސް އާދެ، އެ ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ ޑްރަގްސްގެ މައްސަލަ އާ، ޑްރަގްސް އެތެރެ ކުރަން ބޭނުންވާ މީހުން ބޭނުންވަނީ އެއާޕޯޓުގެ ކުނި އުކައިލުމާ ވެސް މިހާރު ހަވާލުވާން،" ނާޒިމު ވިދާޅުވި އެވެ.
އެއާޕޯޓުގެ ކުނިއުކަން ދުވާލަކަށް 250،000ރ، މިހާތަނަށް 14 މިލިއަން
ކުނި އުކުމުގެ ހިދުމަތް އޮކްޓޫބަރު 15، ގައި ވެމްކޯއިން ހުއްޓައިލުމާ ހަމައިން، މިއަދާ ހަމައަށް މި ފާއިތުވި 54 ދުވަހަށް އަގު ހަދާލާއިރު، ކޮންމެ ދުވަހަކަށް ދޭން އެއްބަސްވެފައި އޮތް 250،000ރ. އާއި ޖީއެސްޓީ 15،000ރ. 54 ދުވަހާ ގުނަ ކޮށްލުމުން ޖުމުލަ އަގު 14،310،000ރ.
އެއާޕޯޓުގެ ކުނިއުކަން ދުވާލަކަށް 250،000ރ، މިހާތަނަށް 14 މިލިއަން
ކުނި އުކުމުގެ ހިދުމަތް އޮކްޓޫބަރު 15، ގައި ވެމްކޯއިން ހުއްޓައިލުމާ ހަމައިން، މިއަދާ ހަމައަށް މި ފާއިތުވި 54 ދުވަހަށް އަގު ހަދާލާއިރު، ކޮންމެ ދުވަހަކަށް ދޭން އެއްބަސްވެފައި އޮތް 250،000ރ. އާއި ޖީއެސްޓީ 15،000ރ. 54 ދުވަހާ ގުނަ ކޮށްލުމުން ޖުމުލަ އަގު 14،310،000ރ.
އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެއަށް އަންނަ އިންޓަނޭޝަނަލް ފްލައިޓުތަކުން ވަކި ފާހަގައެއް ޖަހާފައި ހުންނަ ސޫޓްކޫސްތަކެއް ބާލައިގެން ގެންގޮސް ޑޮމެސްޓިކް ޓާމިނަލުގައި ހުންނަ ބެލްޓުތަކަށް ލައިގެން ސްކޭން ނުކޮށް މާލެ ތެރެއަށް ބޭރު ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ރިންގުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެއާޕޯޓުގެ ކުނި އުކުމާއި މަސްތުވާތަކެއްޗާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރައްވައި ނާޒިމު ވިދާޅުވީ އެއާޕޯޓުގެ ކުނި އުކުމުގެ މަސައްކަތާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހަވާލުވުމުން، ކުރިން އިންޓަނޭޝަނަލް ފްލައިޓުތަކުގައި އައި ސޫޓް ކޭސްތައް ދެން ހުންނާނީ ގޮނޑުގައި ކަމަށް ނާޒިމު ވިދާޅުވި އެވެ.
"އޭރުން މި ދެންނެވި ސޫޓް ކޭސްތައް ހުންނާނީ ގޮނޑުގައި، ގޮނޑުން ނަގައިގެން އެ އެއްޗެހިތައް އެތެރެވާ ގޮތަށް ކަންތައް ހަމަޖެހެން އެ މީހުން ބޭނުންވެގެން އެކަން އެގޮތަށް މި ދަނީ،" ނާޒިމު ވިދާޅުވި އެވެ.
އެއާޕޯޓުގެ ކުނި އުކަން ދުވާލަކު 250،000ރ. ގެ އަގެއްގައި ހަވާލު ކުރީ އައި އެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އައިއެންޑްސީ ކުންފުނިން އެ މަސައްކަތް ބެލީޒާ ޕްލަސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރުވަމުން ދިޔައީ ދުވާލަކަށް 230،000ރ. ރޭޓުންނެވެ.
އެއާޕޯޓުގެ ކުނި އުކުމުގެ މަސައްކަތް ކުރިން ކުރަމުންދިޔައީ ވެމްކޯއިންނެވެ. އެ ކުންފުނިން އެކަން ކުރަމުން ދިޔައީ ކޮންމެ ކުނި ޓަނަކަށް 1060ރ. ގެ މަގުންނެވެ. ކުނި އުކުމުގެ ހިދުމަތް ވެމްކޯއިން ދެމުންދިޔައީ އެއާޕޯޓުގައި ހުންނަ ކުނި، އެމްއޭސީއެލްގެ ވެހިކަލްތަކުގައި ވެމްކޯގެ ހުޅުމާލެ ސްޓޭޝަނަށް ގެންދިޔުމުން، ވެމްކޯގެ ލޭންޑިން ކްރާފްޓުތަކުގައި ހުޅުމާލެއިން ތިލަފުށްޓަށެވެ.
އެ ހިދުމަތް ދިނުން ވެމްކޯއިން ހުއްޓައިލީ މިދިޔަ އޮކްޓޫބަރު 15، ގަ އެވެ. ކުނި އުކުމުގެ ހިދުމަތް ދިނުން ވެމްކޯއިން ހުއްޓައިލީ އެ ކުންފުންޏާއެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ކުނި ޓަނަކަށް ނަގަމުންދިޔަ އަގު އެމްއޭސީއެލުން ބޮޑުކޮށް ނުދިނުމާއި އެ ކުންފުނީގެ ވެހިކަލްތަކަށް އެއާޕޯޓުގެ އާންމުން ވަނުން މަނާ ސަރަހައްދަށް ވަނުމުގެ ހުއްދަ އެމްއޭސީއެލުން ނުދިނުމުންނެވެ. ވެމްކޯއިން އެދުނީ ކުނި ޓަނަކަށް ޗާޖު ކުރަމުންދިޔަ އަގު 2060ރ. އަށް ބޮޑު ކޮށްދިނުމަށެވެ.
ނަމަވެސް އެކަމަށް ހުއްދަ ނުދިނީ، އެއާޕޯޓަކީ ސަލާމަތީ ކަންކަން ވަރަށް މަތީ ތަނަކަށްވާތީ ކަމަށް އެއާޕޯޓުގެ އޮފިޝަލެއް "އަދަދު" ނޫހަށް ވިދާޅުވި އެވެ.
"ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނު ކަމުގައިވީ ނަމަވެސް އެއާޕޯޓުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްއެއް ނުކުރެވޭނެތާ، އެހެންވެ އެކަމަށް އެއްބަސް ނުވީ، އެއާ ސައިޑަށް އެމީހުންގެ ވެހިކަލްތައް ވައްދަން،" އެއާޕޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، ސަރުކާރުގެ ސީނިއާ ވެރިއަކު ވެސް އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ވެމްކޯއިން އެދުނު ގޮތަށް، ވެހިކަލްތަކަށް އެއާޕޯޓުގެ އެތެރޭ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި، ހުއްދަ ނުދިނީ އެހެންވެ ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބަގަރ
3 months ago
މިހާރު ކުނި އުކާ މީހުން ގެންދަނީ އަތުން ހިފައިގެންތަ؟
މޫސާ އަލި މަނިކު
3 months ago
އިންޓަރ ނޭސަނަލް އެއާޕޯޓުތަކަށް ރާއްޖެ އެތެރެވާ އުޅަދު ފަހަރާއި އެއުޅަދަކުން ގެންނަ ތަކެއްޗާއި މުދާ ބަލާ ފާސްކުރާނި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިފަދަ މަސްތުވާ ތަކެއްޗާއި ގުޅުންހުރި ކުނި ދަނީ ކަސްޓަމްސްއިން ބަލާ ޗެކުކޮއްފަ ނޫންތޯ؟ ޗެކުނުކޮއްދާ ކަމަށްވާނަމަ ްެކަމުގެ ޒިންމާ ގާނޫނުން މަތިކޮއްފަ ވާނި ކަސްޓަމސްއަށް އެހެންވެއްޖެ ކަމަށްވާނަމަ އެކަމުގެ ޒިންމާ ކަސްޓަމސް ވެރިން ނަގަން ޖެހޭނެ!!
ހަލީމާ
3 months ago
އައި އެންޑް ސީ އަކީ އިއްފަ އާއި ޗިއްލޯ ގެ ކުންފުނިއެކެވެ. ދެން ސަބުކޮން ދިނީވެސް އެމީހުންގެ ކުންފުނިއަކަށް. ކުނިއުކަން ބޭނުން ކުރި ލޭންޑިންނަކީ ވެސް ހަމަ އެ މީހުންގެ އަމިއްލަ އުޅަނދެއް. އިއްފަގެ ޅިޔަނު އަކީ އިސްދޫ މެންބަރ. ބޭބެ އަކީ ދާންދޫ މެންބަރ ދެމީހުން ނަކީ ޕީއެންސީ ދެ މެންބަރުން
ނާޒިމޫ
3 months ago
އެހެން ވިމާ މަނިކުފާނު ތިޔަ ވިދާލުވަނީ ވެމްކޯ އަކީ ހަކުރު ޑިލަރުންގެ ދަށުވެފައި އޮތް ތަނެކޭ ތޯ؟ އެހާ ވަރަކަށް އެއަރ ސައިޑަށް ވަންނަން އެ ތެޅެނީ އެހެން ވެގެންތޯ؟
Comment