9 ޑިސެންބަރު 2024 - 07:31 4
ލީވާން އަލީ ނާސިރު
މިފްކޯގެ އާ ސީއީއޯ ވިތާލީ
9 ޑިސެންބަރު 2024 - 07:31 4
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ތާރީހުގައި ވެސް އަލަށް އެ ކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސާ (ސީއީއޯ) އަށް ބިދޭސީއަކު އައްޔަންކޮށްފި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވިތާ ހަތް މަސްފަހުން، އެ މަގާމަށް އައްޔަންކުރީ ޔޫކްރޭންގެ ރައްޔިތެއް ކަމުގައިވާ ޑރ. ވިތާލީ ލުބިމޮފް އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރިކަން ސަރުކާރުން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، އިތުބާރު ކުރެވޭ ބައެެއް މަސްދަރުތަކުން އަދަދު ނޫހަށް އެކަން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
މިފްކޯއަށް އާ ސީއީއޯއަކު އައްޔަންކުރިކަން ސަރުކާރުން މިއަދު އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.
މިފްކޯގެ ސީއީއޯއެއްގެ ގޮތުގައި އައްޔަންކުރި ސަމާހު ރަޝީދު އެ މަގާމުން މެއި މަހު ވަކިކުރުމަށް ފަހު ސަރުކާރުން މަސައްކަތް ކުރީ ބިދޭސީ އަކު އެމަގާމަށް އައްޔަން ކުރުމަށެވެ. އެކަމަށް ފާޑުކިޔުންތައް ވެސް އޭރު އަމާޒުވި އެވެ.
ލުބްމޮފްގެ ލިންކްޑިން ސަފުހާގައި ބުނެފައިވާ ގޮތުގައި އޭނާއަށް ވިޔަފާރީގެ އެކި ދާއިރާތަކުގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެ އެވެ.
ސަރުކާރުގެ މަސް ކުންފުނި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ހިޔާނާތުގެ މައްސަލަ އަށް ފަހު، މިފްކޯ އުފެއްދީ 1993 ގަ އެވެ.
Comment