8 ޑިސެންބަރު 2024 - 15:32 0
އަހުމަދު އާއިދު
އޭސީސީ ހަރުދަނާކުރުމަށް ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި ދިވެހި އަދި ޖަޕާނުގެ ސަރުކާރުން ސޮއިކުރަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ
8 ޑިސެންބަރު 2024 - 15:32 0
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ދިނުމުގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.
ދިވެހި ހާރިޖިއްޔާ އަދި ޖަޕާނު އެމްބަސީ އޮފިޝަލުންގެ އިތުރުން، މި ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް އާއި އެ ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދެނީ ޖުމްލަ 2.158 މިލިއަން ޑޮލަރެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މި މަޝްރޫއުގެ މުހިންމުންކަން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ފާހަގަކުރެއްވި ކަމަށެވެ.
ރާއްޖެ-ޖަޕާން ގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ މިނިވަން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް މަސައްކަތްތައް ފަސޭހަ ކުރުމަށް ޖަޕާނުން އަބަދުމެ ދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ހަލީލު ޝުކުރު އަދާކުރެއްވި ކަމަށްވެސްވެ އެވެ.
ޖަޕާނު ސަރުކާރަކީ ރާއްޖެއަށް އެކި ދާއިރާތަކުން އަބަދުވެސް ހިލޭ އެހީ ދެމުންދާ ގައުމެކެވެ. މިމިއަދު ހިލޭ އެހީދޭން އެއްބަސްވި އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުން، ބަޖެޓުގެ ދަތިކަމާހުރެ މަސައްކަތަށް ހުރަސްއެޅޭ ކަމުގެ ޝަކުވާތައް އަބަދުވެސް އާދެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment