Advertisement

ފަހު ވަގުތު އެމްއެމްސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފި

5 ޑިސެންބަރު 2024 - 20:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު): ފަހު ވަގުތު އެމްއެމްސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނައުން -- ފޮޓޯ؛ އަދަދު ފައިލް


ފަހު ވަގުތު އެމްއެމްސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފި

5 ޑިސެންބަރު 2024 - 20:03 0

ފަހު ވަގުތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ލިސްޓަށް ބަދަލުތަކެއް ގެނައުމަށްފަހު އިންފޮމޭޝަން މިނިސްޓްރީން އާންމު ކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) 10 މެންބަރުންގެ ދައުރު ޑިސެމްބަރު 14، ގައި ހަމަވާތީ ބާއްވާ އެ އިންތިހާބުގައި މީޑިއާތަކުން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރީ ނޮވެމްބަރު 14، ގަ އެވެ.

ނަމަވެސް އެ ލިސްޓަށް ވެސް ބަދަލުތަކެއް ގެނައުމަށް ފަހު ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ވޯޓުލާ މީހުންގެ އާ ލިސްޓު އާންމުކުރިއިރު، ބައެއް މީޑިއާތަކުން ވޯޓުލާ މީހުންތައް ވަނީ ބަދަލުވެފަ އެވެ.

އެކަމާ ގުޅިގެން ބައެއް ކެންޑިޑޭޓުން ވަނީ ވޯޓުލާން ކުޑަތަން ވެފައި ވަނިކޮށް އިންތިހާބުގައި މީޑިއާތަކުން ވޯޓުލާން ރަޖިސްޓްރީ ކުރި ބައެއް މިހުންގެ ނަންތައް މަސްއޫލުވެރިންނަށް ނާންގައި ބަދަލު ކުރަން އުޅޭ ކަމުގެ ކަންބޮޑުވުން ސިޓީއަކުން ޔޫތު މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

މީޑިއާ ކައުންސިލް އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރާ ހަތް މެންބަރުންނާއި އާންމު ތިން މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

އާންމު މެންބަރުންގެ ގޮތުގައި ތިބެނީ މީޑިއާތަކާއި އެއްވެސް ވަރަކަށް ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ. އަދި, މީޑިއާ ތަމްސީލުކުރާ މަގާމުތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުންނެވެ.

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަަހަރެވެ. އަދި, ކައުންސިލުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.