5 ޑިސެންބަރު 2024 - 02:42 7
މުހައްމަދު ޝަހްޒާން
5 ޑިސެންބަރު 2024 - 02:42 7
މަގުމަތިވެފައިވާ ބުޅާތައް ގެންގުޅެއް ހުޅުމާލޭގައި ހަދާފައިވާ "އޮޅުހިޔާ" ހުރީ ބުޅާ ގެންގުޅެވޭ ހާލަތެއްގައި ނޫން ކަމަށް ސަރުކާރުން ބުނަނީ ކަންކަން ވިޔަ ނުދޭން އުޒުރެއްގެ ގޮތުގައި ކަމަށާއި، އެ ތަން ހުރީ ބުޅާތައް ބަދަލުކުރެވޭ ހާލަތުގައި ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ އޮޅުހިޔާ އަކީ މާލޭގައި ބުޅާ ގިނަވެ ކުރިމަތިވެފައިވާ އާންމު އުދަނގުލަށް ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން ގާއިމު ކުރި ތަނެއް ކަމަށެވެ.
އޮޅުހިޔާ އަތުލަން ސަރުކާރުން އުޅޭއިރު، އާޒިމް ވިދާޅުވީ އެއީ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން، އެ ކައުންސިލުގެ މުވައްޒަފުން މަސައްކަތުން ނިންމާފައިވާ ތަނެއް ކަމަށެވެ.
"އެ ހަރަދު ވެސް އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ އެހެން ގޮތަކަށް ދަންޏާ، މިތަނުގެ ބަޖެޓުން، އެއްވެސް ބަޖެޓެެެއް މިތަނަކަށް ލިބިފަކާ ނެތް މިކަން ކުރުމަކަށް، ހަމަ ފުލީ މިތަނުގެ ބަޖެޓުން މިތާ މުވައްޒަފުން ހުރިހާ ކަމެއް ކުރީ، ފެސިލިޓީ ރެޑީކޮށް އެހުރީ، މިހާރު ބުޅާ ގެންދެވޭނެ، އެތާ ބުޅާ ބޭތިއްބޭނެ،" އާޒިމް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުގެ އޮޅު ހިޔާ އަތުލައި، އެނިމަލް ވެލްފެއާއަށް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވީ އޮޅު ހިޔާއަށް މާލޭ މަގުމަތީގައި އުޅޭ ބުޅާތައް މިއަދު ގެންދަން އުޅެނިކޮށް އެކަން ހުއްޓުވައި، އޮޅު ހިޔާ ކައުންސިލް އަތުން އަތުލަން ކެބިނެޓުން ނިންމި ކަމުގެ ސިޓީއެއް ދީފައިވާ ކަމަށް،
މާލެ ސިޓީ ކައުންސިލުގެ އޮޅު ހިޔާ އަތުލައި، އެނިމަލް ވެލްފެއާއަށް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވީ އޮޅު ހިޔާއަށް މާލޭ މަގުމަތީގައި އުޅޭ ބުޅާތައް މިއަދު ގެންދަން އުޅެނިކޮށް އެކަން ހުއްޓުވައި، އޮޅު ހިޔާ ކައުންސިލް އަތުން އަތުލަން ކެބިނެޓުން ނިންމި ކަމުގެ ސިޓީއެއް ދީފައިވާ ކަމަށް،
އެނިމަލް އެންޑް ވެލްފެއާ މިނިސްޓްރީ އާއެކު އެންމެ ފުރަތަމަ އެއްބަސްވީ ބުޅާ ފެސިލިޓީގައި 10 ގޮޅި ހަދާފައި އެތަނުގައި ބުޅަލަށް ހާއްސަ ކްލިނިކެއް ވެސް ގާއިމުކުރުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ވަރަށް ދިގު މުއްދަތެއް ހޭދަވާނެތީވެ، މާލޭގައި އުޅޭ ބުޅާތައް ގެންގޮސް ބައިތިއްބަން 2000 އަކަފޫޓުގެ އިތުރު ތިން ގޮޅި ހަދަން ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް އެއްބަސްވި ސަބަބަކީ އެއީ ގެންދާ ވަރަކަށް ކަރަންޓީނު ކޮށްގެން އެ އެއްޗެހި ނިއުޓާ ކޮށްގެން އެކަން ކުރުމަކީ އެއީ ވަރަށް ވަގުތު ނަގާނެ ކަމަކަށް ވާތީ، އެތައް ދުވަހެއް ވާއިރު ވެސް މަގުމަތިން ބުޅާތައް ނުނެގޭނެތީ އަޅުގަނޑުމެން [މިނިސްޓްރީއާއެކު] އެއްބަސްވެގެން އެކަންތައްތައް ކުރީ،" އާޒިމް ވިދާޅުވި އެވެ.
ބުޅާ ފެސިލިޓީގެ މަސައްކަތް މިހާރު ނިންމާފައި އެހުރީ އެނިމަލް އެންޑް ވެލްފެއާ މިނިސްޓްރީ އާއެކު ކައުންސިލުން އެއްބަސްވި ގޮތަށް ކަމަށާއި ނަމަވެސް އިރުކޮޅުކޮޅުން އައު ބަދަލު ގެންނަން ބުނާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެތަނުގެ ހުރިހާ މަސައްކަތެއް މިހާރު ހުރީ ނިމި، މިވަގުތު ވެސް ބުޅާ ގެންދެވޭ ހާލަތުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.
"ދެން މި ޖެހުނު މައްސަލައަކީ އެތަނަށް ގެންގޮސް އެތަނުގައި ތިއްބާ [ބުޅާތައް] ބަލިވެދާނެޔޭ، ބަލިވީމާ ޑޮކްޓަރު އެބަހުރި، ބަލިވީމާ މާލެއިން ބޭސް ގަނެވޭނެ، މިކަން ވެސް ހަމަ މާލޭގައި ބޭސް ހުރިއްޔާ ގަނެވޭނެ، އެއްވެސް ހޮސްޕިޓަލެއްގައި ނުހުންނާނެ އެ ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ބޭހެއް، އެހެންވެ މުޅި މާލެ ތެރޭގައި ފާމަސީތައް މިހުރީ ވެސް، އެހެންނާ އައިޖީއެމްއެޗުގައި ހުންނަން ޖެހޭނެތާ އެތަނަށް ބޭނުންވާ ހުރިހާ ބޭހެއް،" އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ އެކަހަލަ އުޒުރުތަކެއް ދައްކާފައި އަޅުގަނޑުމެން މިކަން ކުރިޔަ ނުދިނީ،"
ބުޅާތައް ގެންދެވޭނީ އިންތިޒާމުތައް ހަމަޖެހުމުން: މިނިސްޓްރީ
މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެސްއޯޕީތަކަށް ރިއާއަތް ނުކޮށް އޮޅު ހިޔާއަށް ބުޅާތައް ގެންދަން ފަށައިފިނަމަ ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށް.
ބުޅާތައް ގެންދެވޭނީ އިންތިޒާމުތައް ހަމަޖެހުމުން: މިނިސްޓްރީ
މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެސްއޯޕީތަކަށް ރިއާއަތް ނުކޮށް އޮޅު ހިޔާއަށް ބުޅާތައް ގެންދަން ފަށައިފިނަމަ ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށް.
އޮޅު ހިޔާގެ ބުޅާ ފެސިލިޓީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ.
އެތަން ރައީސް މުއިއްޒު ހުޅުވައި ދެއްވީ ރަނގަޅަށް ނުނިމެނީސް، އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ. އެއަށް ފަހު އެތަން އެއްކޮށް ނިންމައި އަންގާރަ ދުވަހު މާލޭގެ މަގުމަތިން ބުޅާތައް ނަގައިގެން ގެންދަން އުޅުމުން އުޅުމުން އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އެތަނުގެ ބައެއް ކަންކަން ފުރިހަމަ ނުވާ ކަމަށް ބުނެ، ބަޔާނެއް ނެރި، އެތަނަށް ބުޅާ ގެންދިޔުން ހުއްޓުވައިފަ އެވެ.
ކޮންމެ ކަމެއް ކުރާއިރު ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އަބަދުވެސް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މާލޭގައި ބުޅާތައް އުޅެ މީހުންނަށް އޭގެ ސަބަބުން އުނދަގޫވެ ބަލިތައް ފެތުރުމަށްވުރެ ބުޅާ ފެސިލިޓީއަށް ގެންގޮސްގެން ގެންގުޅުން މާ ރަނގަޅުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވާނުވާ
3 months ago
ކަލޭތީ ކަލެއަށް ފައިދާނުވާގޮތަށް އެއްވެސްކަމެއް ކުރާނެމީހެއްނޫން. ކިތަންމެބޮޑު ގުރުބާނެއްވެގެންވެސް ބަލާނީ ކަލޭގެ ޖީބަށް ބަރުވާނެ ގޮތެއް އޮތްތޯ. މުވައްޒަފުންނަށްވެސް ހަދަނީ ކަލޭ ހިތުހުރި ގޮތެއް. އޭއްޗެކޭ މީއްޗެކޭ ކިޔައިގެން. އެމްޓީސީސީގަވެސް އެސްޓީއޯގަވެސް މިހާރު ތިޔައުޅޭ ތާނގަވެސް މުވައްޒަފުންނަށް ހަދަނީ ހަދާނެގޮތެއް. ހަމައެއްލަމައެއްނެތް ގޮތްކުޑަ މުޖުރިމެއް. އަމުދުން ސިވިލް ސަރވިސްގެ މީހުންނަށް. ދެންނަގަނީ ހުސް އެޑުވައިޒަރުން. ގޮނޑިހޫނުކުރަން
ބާރީބެ
3 months ago
އަދި އާދަމް އާޒިމް ނުދަންނަނީހެން ހީވަނީ. އެމްޓީސީސީ، އެސްޓީއޯ، ފެން ކުންފުނި މިހެން ގޮސް އާޒިމް ހިނގި އެއްވެސްތާކު ނުހުންނާނެ އޭނާ ދެކެ ރުޅި އަންނާނެ މުވައްޒަފަކު. އެހެނެއް ނޫން. ކޮރަޕްޝަނާ ހެދި ވަކި ކުރި ހައެއްކަ މުވައްޒަފުން އުޅޭ ދާނެ ރުޅި އަރައިގެން. އާޒިމްއަކީ މުވައްޒަފުންނަށް އޯގާތެރި ވެރިއެއް.
ޑިމޮކްރަސީ
3 months ago
ތިކޮންމެ ކަމެއްވެސް ވަކިހިސާބަކުން އޭގެ ބޭނުން ނުކުރެވި ނިންމާލަނީ އެކަމަށް އެތައް ޚާރަދުތަކެއްކޮށް ތާކުންތާކުން ނުޖެހި މިދަނީ ދެން ކިހިނެތް ތީން އެއްވެސް ކަމަކުން އޭގެ ފައިދާ އެއް ފެންނަނީ ފައިދާ ވާބަޔަކަށް ފައިދާ ވީމަ ނިމުނީ މިގޮތައް ކޮންމެ ކަމެއް ނިމިގެން މިދަނީ
ކޮސް
3 months ago
މިތަނަކީ ސަރުކާރުގެ މެގަ ޕުރޮޖެކުޓަކަށްވެ މިނިމުނީ.
ލައިޓް
3 months ago
ބުޅަލުގެ ނަޖިހުން އަދި ކެހެރިން ނުރައްކާތެރި ގިނަބަލިތަކެއް އިންސާނުނަށް ޖެހޭ! މިކަމަކީ ސިފައިން ނެރެގެންނަމަވެސް ހައްލުކުރަންޖެހޭ ބޮޑު މައްސަލައެއް!
ބުޅާ
3 months ago
ނުޖެހޭނެ. ކަލޭ އަމާ ނެރެގެން ހައްލު ކޮށްބަލަ
ސައިޚް
3 months ago
ތިކަންދެންވާނެ އޮތީ އެއްމެ ގޮތެއް، އާޒިމް ބުނަންވީ ޓީ.ވީ.ގަ ލައިވްކޮއް، މި ބުޅާ ފެސިލިޓީއަކީ ސީދާ މުއިއްޒު އެދިގެން މުއިއްޒުގެ އިރުޝާދުގެ ދަށުން ހެދިތަނެކޭ، އެނޫންގޮތެއް ނޯންނާނެ،
Comment