Advertisement

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކަމަށް އަރީޝް ހޮވައިފި

Advertisement

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަރީޝް (ވ) -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކަމަށް އަރީޝް ހޮވައިފި

Advertisement

Advertisement

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވީ އަރީޝް އެކަންޏެވެ.

Advertisement

ޑެޕިއުޓީ މޭޔަރު ކަމަށް އެންމެ މެންބަރަކު ކުރިމަތިލުމުން ފެންނަ ނުފެންނަ ވޯޓެއް ސިއްރުން ވަނީ ނަގައިފަ އެވެ. އެ ވޯޓު އަރީޝް ކާމިޔާބުކުރީ ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އިއްތިފާގުންނެވެ.

އަރީޝް ވަނީ އޭނާއަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައި، އެއްވެސް މެންބަރަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

މާލެ ސިޓީއަށް އާ ޑެޕިއުޓީ މޭޔަރެއް ހޮވީ، އެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.