Advertisement

އަންނަ އަހަރު ގައުމީ ކްރިކެޓް ޓީމަށް އޭޝިއަން ކްރިކެޓް ކައުންސިލް ދެ މުބާރާތް

3 ޑިސެންބަރު 2024 - 15:50 0


އަންނަ އަހަރު ގައުމީ ކްރިކެޓް ޓީމަށް އޭޝިއަން ކްރިކެޓް ކައުންސިލް ދެ މުބާރާތް

3 ޑިސެންބަރު 2024 - 15:50 0

އަންނަ އަހަރު އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ދެ މުބާރާތުގައި ގައުމީ ކްރިކެޓް ޓީމުތައް ވާދަކުރަން ހަަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނެފި އެވެ.

އެ ގޮތުން، އޭސީސީން އާންމުކުރި އަންނަ އަހަރުގެ ކަލަންޑަރުގައި އޭޕްރީލް މަހު ކުރިއަށްގެންދަން ނިންމާފައިވާ މެންސް ޗެލެންޖާސް ކަޕްގައި ރާއްޖެ ވާދަކުރާނެ އެވެ. އޭސީސީން 50 އޯވަރުގެ ފޯމެޓަށް ބާއްވާ މި ޗެލެންޖާސް ކަޕްގައި ކުޅޭނީ އޭސީސީގެ އެސޯސިއޭޓް މެމްބަރު ގައުމުތަކުގެ ތެރެއިން 14-24 އަށް ރޭންކުކުރެވިފައިވާ 10 ގައުމެވެ.

މި މުބާރާތް ހޯސްޓްކުރާނެ ގައުމެއް އަދި ތާރީހެއް ފައިނަލްވެފައިނުވި ނަމަވެސް ޗެމްޕިއަނާއި ރަނަރަަޕަށް 2026 ވަނަ އަހަރުގެ މެންސް ޕްރިމިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ.

ރާއްޖޭން ދެން ބައިވެރިވާން ހަމަޖެހިފައިވަނީ، މެއި މަހުގައި ބާއްވަން ނިންމާފައިވާ، އޭސީސީ 16 އަހަރުން ދަށުގެ އީސްޓް ޒޯން ކަޕް އެވެ. އަށް ޓީމެއްގެ މެދުގައި މި މުބާރާތް ކުރިއަށްދާނީ 50 އޯވަރުގެ ފޯމެޓަށެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި، އޭސީސީ މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި، ސީނިއާ ގައުމީ ކްރިކެޓް ޓީމާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.

އޭސީސީން އަންނަ އަހަރަށް އާންމުކޮށްފައިވާ ކަލަންޑަރުގައި ވަނީ އަށް މުބާރާތް ހިމަނައިފަ އެވެ.