Advertisement

ގައުމީ ކްރިކެޓް ޓީމުން އިންޑިއާގެ މުބާރާތެއްގައި ވާދަކުރަނީ

7 ޖަނަވަރީ 2026 - 10:10 0

ރޭ ބޭއްވި ޖޯޒީ ހަވާލުކުރުމުގެ އިވެންޓްގެ ތެރެއިން ކްރިކެޓް ޓީމު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު ސްޕޯޓްސް


ގައުމީ ކްރިކެޓް ޓީމުން އިންޑިއާގެ މުބާރާތެއްގައި ވާދަކުރަނީ

7 ޖަނަވަރީ 2026 - 10:10 0

ގައުމީ ކްރިކެޓް ޓީމުން އިންޑިއާގައި މި މަހު ކުރިއަށްދާ ސިދީ ޗެެލެންޖް ކަޕްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ ވަރަނާސީގައި މި މަހު 8-18 އަށް ކުރިއަށްދާ 40 އޯވަރުގެ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް 16 ޓީމަކުން ވާދަކުރެ އެވެ. ގްރޫޕް ސްޓޭޖަށް ފަހު، ނޮކައުޓް ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމަށް ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ކުރިއަށްދިޔައިރު، އެ އިވެންޓް ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު، އަބްދުލް ރައްޒާކް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމާ އެކްސްޕީރިއަންސް އޮފިސަރު، ނީރައިން ޖަލީލް އެވެ.

އިންޑިއާގެ މި މުބާރާތުގައި ރާއްޖޭން ކުޅޭ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ، އިސްމާއިލް ނިހާދު އާއި އަހުމަދު ނީޝަމް އެވެ.

ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، ހަސަން ހާޒިގު ރަޝީދު، ޔޫސުފް އަޒްޔާން ފަރުހަތު، މުހައްމަދު ރިޝްވާން، އަހުމަދު އަމީލް މައުރޫފް، އިސްމާއިލް ނަޒްވާން، މުހައްމަދު އައްޒާމް، އިބްރާހިމް ރިޒާން، މަބްސަރު އަބްދުﷲ، މުހައްމަދު މިއުވާން، މުހައްމަދު ޝިޔާމް، ސަވިންދުރާ މަންޖުސްރީ، ރަޖީތާ އަޝަން އަދި ޕިޔަލް ކުމާރާ އެވެ.