މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ރަމީލާ އެ މަގާމުން މިއަދު އިސްތިއުފާ ދީފި އެވެ.
ރައީސް އޮފީހުން ދާދި ދެންމެއަކު ހާމަކޮށްފައިވާ ގޮތުގައި އެ މަގާމުން ރަމީލާ އިސްތިއުފާ ދިނީ ސިއްހީ ހާލުކޮޅު ހުރި ގޮތުންނެވެ.
"އަލާސްކަންފުޅުގައި އުޅުއްވަމުން ވެސް، މިނިސްޓަރުގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވި މަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، އަޅުގަނޑަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން," ރައީސް އޮފީހުގައި އާންމުކުރި ބަޔާނުގައި ރައީސް ވިދާޅުވެފައިވެ އެވެ.
އެންމެ ފަހު ސްޓޭޖުގައި ކެންސަރު ބަލި ހުރިކަން އެނގުމާއެކު ނޮވެމްބަރު 2023, ގައި ވެސް ފަރުވާއަށް ގައުމުން ބޭރަށް މިނިސްޓަރު ރަމީލާ ވަޑައިގަތެވެ. ފަރުވާ އަށް ފަހު އަލުން އެނބުރި މަސައްކަތަށް ނުކުންނެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިން އިރު ރަމީލާއަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
މިނިސްޓަރު ރަމީލާ މީގެ ކުރިން ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ
50.00%
50.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment