Advertisement

އައްޑޫގައި ހުރި ވެލި ފުންޏެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުމުން މޭޔަރު ރަތަށް

1 ޑިސެންބަރު 2024 - 02:23 4

އަޒްލިފާ އަބްދުﷲ

އ

Advertisement

މޭޔަރު އަލީ ނިޒާރު އާއި މިނިސްޓަރު މުއްތޮލިބް


އައްޑޫގައި ހުރި ވެލި ފުންޏެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުމުން މޭޔަރު ރަތަށް

1 ޑިސެންބަރު 2024 - 02:23 4

Advertisement

Advertisement

އައްޑޫ ސިޓީގައި ހުރި ވެލިތަކެއް އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔުމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހިތްހަމަ ނުޖެހުން ފާޅުކޮށް، ހަމަ އާއި އުސޫލުން ބޭރުން އަންގާ އެންގުމަކަށް އަމަލު ނުކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މައްސަލަ ބޮޑުވެފައިވާ ވެލި ފުންޏަކީ އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދި ވަގުތީ ފަސްގަނޑުގައި ހުރި ވެއްޔެވެ. އައްޑޫ އަކީ ވެލި ލިބުން އުނދަގޫ އަތޮޅަކަށް ވުމާއެކު، އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރީ ރައްޔިތުންގެ ބޭނުންތަކަށް އެ ވެލި ބޭނުން ކުރުމަށެވެ. ސަރުކާރުން ބޭނުންވީ ލިންކް ރޯޑު ހެދުމަށް އެ ވެލި ބޭނުން ކުރުމަށެވެ.

Advertisement

އައްޑޫ މޭޔަރު ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެ ވެލިފުނި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އެންގެވުމަކީ ދައުލަތް ހިންގަން ހެދިފައި ހުރި ގާނޫނުތަކާއި ފުށުއަރާ "ޖާހިލު ނިންމުމެއް" ކަމަށެވެ.

އެއީ ރައްޔިތުންނާއި ''ތޮޅެން'' މަގުފަހި ކުރަން ހިންގާ އަމަލެއް ކަމަށާއި ލާމަރުކަޒީ ގާނޫނު ފުނޑާލަން އިތުރު ކުރި ބޮޅެއް ކަމަށް ވެސް، ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ނިޒާރު ވިދާޅުވި އެވެ.

"ގާނޫނާއި ހަމަ އާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލްއިން އަމަލު ނުކުރާނެކަން މައުލޫމާތައް ޓަކައި ދަންނަވަން. ކަންކަން ނިންމުމުގައި މަޝްވަރާ އިސްކޮށް ދައުލަތް ހިންގުމުގެ ޒަމާނީ ހަމަތަކަށް ފަރިތަވުމަށް ވެސް ދަންނަވަން،" ނިޒާރު ވިދާޅުވި އެވެ.

Advertisement

އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ދެއްވި ރައްދުގައި ވިދާޅުވީ މިނިސްޓްރީގެ ހުއްދަ ނެތި އެވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ އަދަދަކަށް ވެލި ބޭނުން ވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

މިވަގުތު އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށްވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާ ނަމަ ކައުންސިލުން އެދުމުން އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅެއް ނުހަދާނެ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.

Advertisement

66.67%

0.00%

0.00%

33.33%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފެކްޓް

4 months ago

އެ އުޅެނީ ވެލިތައް މާލެ ގެނަސް ރަސްމާލެ ހިއްކަން. ހިލާ ނުދޭތި

ހިމާރުލްގައުމު

4 months ago

މި މުއްތަލިބަކީ އުނބު ބަންޑާރައިންގެ ބޯއީއެއް. ސީދާ ހަމަ އުނބޭގެ ގޮތްގަނޑު މީނަގެ ހުންނާނީ

ހިމާރުލްގައުމު

4 months ago

ވަގުންނާ ލުޓޭރުންގެ ސަރުކާރެއް. މައި ސޯބަކީ ބޮޑު ވަގެއް ޙާއިނެއް ޣައްދާރެއް. ދެން އޭނަގަ ދަށަށް ތިބި މީހުން ސަަހަލު ވާނެތަ؟

ޖަޑާ

4 months ago

އެންޑީޕީގެ ކޮންމެމީހަކީވެސް މިކަހަލަ ޖާހިލުން. އެމީހުން ބަލާނީ ޖީބަށް އެކަނި. އެއީއެއްނު އަންނިވެސް ދަސްކޮށްދިން އެއްޗަކީ. ދެން ތިބީވެސް އެކަހަލަ ޖާހިލުން. ރައްޔިތުންގެ ހެވަކަށް ނޭދޭނެ