ޕްރޮޖެކްޓު ހިންގަން ކަމުނުގޮސްގެން ކޮންޓްރެކްޓުތައް ބާތިލު ކުރި ފެނަކައަށް 40 މަޝްރޫއު ހަވާލުކޮށްފި

16 މާރިޗު 2025 - 06:36 2

ސާޅީސް ޕޮލިސް ސްޓޭޝަން އަޅަން ހަވާލުވުމަށްފަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ޑީސީޕީ ފަރުހާދު ފިކުރީއާއެކު ފޮޓޯއަކަށް ހުއްޓިގެން: މީގެ ކުރިން ބިލިއަނެއްހާ ރުފިޔާގެ ޕްރޮޖެކްޓު ފެނަކަ އަތުން ސަރުކާރުން ވަނީ އަތުލައިފަ -- ފޮޓޯ: ހޯމް މިނިސްޓްރީ


ޕްރޮޖެކްޓު ހިންގަން ކަމުނުގޮސްގެން ކޮންޓްރެކްޓުތައް ބާތިލު ކުރި ފެނަކައަށް 40 މަޝްރޫއު ހަވާލުކޮށްފި

16 މާރިޗު 2025 - 06:36 2

ފެނަކަ ކޯޕަރޭޝަނަކީ ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަން ކަމުނުދާ ކުންފުންޏަކަށްވާތީ ބިލިއަނެއްހާ ރުފިޔާގެ ޕްރޮޖެކްޓު އަތުލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އަނެއްކާ ވެސް 40 މަޝްރޫއު ހަވާލުކޮށްފި އެވެ.

ފެނަކައާ ހަވާލު ކުރީ 40 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށެވެ. ޖުމްލަ 75 ޕޮލިސް ސްޓޭޝަން އަޅަން ތިން ކުންފުންޏަކާ ހޯމް މިނިސްޓްރީއިން ހަވާލު ކުރި އެވެ. ދެން ޕްރޮޖެކްޓު ހަވާލު ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (20 ޕްރޮޖެކްޓު) އަދި އެމްޓީސީސީއާ (15 ޕްރޮޖެކްޓް) އެވެ.

ސަރުކާރުގެ އެ ތިން ކުންފުންޏާ ޕްރޮޖެކްޓު ހަވާލު ކުރީ ބިޑަށް ހުޅުވައިލުމެއް ނެތި އެވެ. ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓެއް ބިޑަކަށް ނުލައި ބޭނުން ބަޔަކަށް ހަވާލު ކުރެވޭނެ ގޮތަށް ދާދި ފަހުން ވަނީ މާލިއްޔަތުގެ ގަވާއިދު އިސްލާހުކޮށްފަ އެވެ.

ފެނަކައާ ހަވާލުކޮށްފައި ހުރި 19 ޕްރޮޖެކްޓު އެ ކުންފުނިން އަތުލައި އެމްޑަބްލިއުއެސްސީއާ ހަވާލު ކުރީ ނޮވެމްބަރު، 2024، ގަ އެވެ. އެއީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އެވެ. އޭގެ ތެރޭގައި ގިނައީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ ޕްރޮޖެކްޓުތަކެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެއިރު ވިދާޅުވީ ފެނަކައާ ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތައް އަތުލީ އެ ކުންފުންޏަކީ އެފަދަ ކޮންޓްރެކްޓު މަސައްކަތް ހިންގާ ކޮންޓްރެކްޓަރަކަށް ނުވާތީ ކަމަށެވެ.

"ފެނަކައަކީ މިކަހަލަ ކޮންޓްރެކްޓު މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ އާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަކަށް ވާތީ ސަރުކާރުން ނިންމީ އެ ޕްރޮޖެކްޓު މަސައްކަތް، އެގޮތަށް ހަވާލުކޮށްފައި، ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއުތަކެއް، ކޮންޓްރެކްޓު ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުން،" އޯގަސްޓު 13، ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވި އެވެ.

އޭގެ އިތުރުން، ފެނަކައިގެ ދަށުން ހިންގަމުންދިޔަ 14 އައިސް ޕްލާންޓު ވަނީ މިފްކޯއާ ހަވާލުކޮށްފަ އެވެ. އައިސް ޕްލާންޓުތައް އަތުލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

"ފެނަކަ ކިޔާ ކަރަންޓު ދޭ ކުންފުންޏަަކަށް އައިސް ޕްލާންޓުތައް ދީފަ ހުރީ. އައިސް ޕްލާންޓަކާ ކުޅެން އެނގޭނެ މީހަކު ވެސް އެ ތާނގައި ނެތް. ދެން އިއްޒަތްތެރި މެންބަރު ވިސްނަވާ އެ އައިސް ޕްލާންޓުތަކަށް ވާނެ ގޮތް," ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެއިރު ވިދާޅުވި އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ލިއޯ ސަވާދު އަށް ފެނެކަކައަށް ދިނުމަކީ

4 days ago

ފެނަކައަށް ދިނުމަކީ ލިއޯ ސަވާދަށް ދިނުމެއް ނޫންތޯ ؟

ހުވަދޫ

4 days ago

މިހާރު ފެނަކަ އެވަނީ ކުރިން ހިންގި ހިންގުން ބަދަލް ކުރެވިފދަ އެހެންވީމަ މަޝްރޫޢު ވެސް ޙަވާލު ކުރެވޭނެ