30 ނޮވެންބަރު 2024 - 23:14 0
ލީވާން އަލީ ނާސިރު
ލިމިޓެއް ނެތް ޕެކޭޖުތައް ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ތައާރަފުކޮށް ދެއްވަނީ-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
30 ނޮވެންބަރު 2024 - 23:14 0
ދިރާގުގެ މުޅިން އާ "ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކެއް މިރޭ ތައާރަފްކޮށްފި އެވެ.
މި ޕެކޭޖުތަކާއެކު ޑޭޓާ ހުސްނުވެ، 20 އެމްބީޕީއެސް އިން ފެށިގެން އެއް ޖީބީއެމްޕީއެސް ސްޕީޑުގައި އިންޓަނެޓު ލިބޭނެ އެވެ. މިއީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއް ނެތި ސްޓްރީމްކޮށް، ގޭމްކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖްތަކެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ، އަލީ ރިޔާޒު ވިދާޅުވީ ދިވެހިރާއްޖެ ޑިޖިޓަލް ޒަމާނުގައި ކުރިއަރަމުންދާއިރު، ހުއްޓުމެއް ނެތް ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ބޭނުންވަނީ އިތުރުވެފައިވާ ކަމަށެވެ. ރާއްޖެ މުވާސަލާތީ ގޮތުން ގުޅުވާލައި، ޑިޖިޓަލް މުސްތަގުބަލަށް ކަސްޓަމަރުން ތައްޔާރުކުރުމަކީ ދިރާގުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލިމިޓެއް ނެތް ޕެކޭޖުތައް ތައާރަފުކުރަން ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އިންފްލެންޒާސް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
"އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނާ ހަމައަށް އިޖާދީ، ޑިޖިޓަލް ހައްލުތައް ގެނެސްދީ އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން ދިރާގުން ވަނީ އެންމެ ފަހުގެ ގްލޯބަލް ސުޕަ-ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިންގް ރާއްޖެގައި އިފްތިތާހުކޮށްފަ އެވެ. އެއާ އެކު ދުނިޔޭގެ މައި އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކަށް ދިވެހިރާއްޖެ ސީދާ ގުޅުވާލަދީ، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ އްޖޭގައި އެންމެ ހަލުވި ސްޕީޑްގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދޭ ނެޓްވޯކެވެ. އެގޮތުން ދިރާގުގެ އިންޓަނެޓް ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 95 ޕަސަންޓަށްވުރެ ގިނަ ގޭބީސީތަކަށް ފޯރުކޮށްދީފަ އެވެ.
އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.
Comment