Advertisement

ދާރުލްއާސާރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށް ބުނާ ވާހަކަ ޔުމްނާ ދޮގުކުރައްވައިފި

26 ނޮވެންބަރު 2024 - 07:57 1

މުހައްމަދު ޝަހްޒާން

މ

Advertisement

ކުރީގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން -- ފޮޓޯ: ރައީސް އޮފީސް


ދާރުލްއާސާރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށް ބުނާ ވާހަކަ ޔުމްނާ ދޮގުކުރައްވައިފި

26 ނޮވެންބަރު 2024 - 07:57 1

Advertisement

Advertisement

ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށް ބުނެ ހެރިޓޭޖު މިނިސްޓަރީން ފެތުރު ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ކުރީގެ ހެރިޓޭޖު މިނިސްޓަރު، ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޔުމްނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނީ ފެންވަރަށް ދާރުލްއާސާރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުން ކަމަށެވެ.

Advertisement

"މިއީ ކަނޑައެޅިގެން ދޮގެއް، ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ނިމިދިޔަ ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް ގެ ގްރާންޓު އެހީންނާއި ދާއިރާއަށް ލިބުނު ބަޖެޓުން،" ޔުމްނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ޔުމްނާ އެހެން ވިދާޅުވީ، ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީކޮށް ދިރުން ގެނައުމުގެ މަސައްކަތް ފެށީ މި ސަރުކާރު ވެރިކަމަށް އައިސް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ބުނެ ހެރިޓޭޖު މިނިސްޓަރީން ކުރި ޕޯސްޓެއް ރީ ޕޯސްޓު ކުރައްވަ އެވެ.

ހެރިޓޭޖު މިނިސްޓަރީން އެ ޕޯސްޓު ކުރީ މި ސަރުކާރުގެ އެއް އަހަރުދުވަހުގެ ކާމިޔާބީ ފާހަގަކުރުމަށް ހުރިހާ މިނިސްޓަރީތަކުން ކުރި ސިލްސިލާ ޕޯސްޓުތަކުގެ ތެރެއިންނެވެ.

Advertisement

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އައި

4 months ago

މީ ދެން ކާކު. 5 އަހަރު ދުވަހު މިނިސްޓަރު ކަން ކުރިއިރު ސިޓީތަކުގެ އިމްލާ ކުއް ރަނގަޅު ކުރުން ނޫން ކަމެއް ނުކުރޭ.