Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހަފްތާ ބަންދުގައި ލ. ގަމުގައި ހެލްތު ކޭމްޕެއް ބާއްވަނީ

25 ނޮވެންބަރު 2024 - 10:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހަފްތާ ބަންދުގައި ލ. ގަމުގައި ހެލްތު ކޭމްޕެއް ބާއްވަނީ

25 ނޮވެންބަރު 2024 - 10:45 0

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއެސްއާރުގެ ދަށުން މި ހަފްތާ ބަންދުގެ ހުކުރު އަދި ހޮނިހިރުގައި ލ. ގަމުގައި ހެލްތް ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

ޓްރީ ޓޮޕުން ބުނީ ދެ ދުވަހަށް ކުރިއަށް ގެންދާ އެ ހެލްތު ކޭމްޕަކީ ލ. ގަމާއި ގުޅިފައިވާ އަދި ކައިރި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭން ބާއްވާ ކޭމްޕެއް ކަމަށެވެ.

އެ ހެލްތް ކޭމްޕްގައި ހިތުގެ ބަލިތައް، ކިޑްނީ ބަލިތައް، ފުއްޕާމޭގެ ބަލިތައް، ކަށީގެ ބަލިތައް، ކަރުން މަތީގެ ބަލިތައް، ހުޅުހުޅުގައި ރިއްސާ ބަލިތައް އަދި ދުޅަހެޔޮ ކެއުމާއި ބެހޭ ޑައިޓީޝަން ފަދަ ދާއިރާތަކުން ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، ހެލްތް ސްކްރީނިންގްސް އަދި އަވަހަށް ބަލި ދެނެގަތުމާއި، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާއިބެހޭ ހޭލުންތެރިކަމުގެ ސެޝަންއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަމްބަރު 6800026 އަށް ގުޅައިގެން ނަން ނޯޓުކުރެވެ އެވެ. އަދި ކޭމްޕާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 ނަންބަރަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕުގައި ބައިވެރިވާ ޑަކްޓަރުންގެ ޓީމް

  • ޑރ. އަމިތް އަގަރްވާލް - ކޮންސަލްޓަންޓް، ހިތުގެ ބަލިތަކަށް ޙާއްސަ
  • ޑރ. ޗަންދްރަޝޭކަރު ރަވާލް - ކޮންސަލްޓަންޓް، ކަރުން މަތީގެ ބަލިތަކަށް ހާއްސަ
  • ޑރ. އަލީ މުޒްނީ - ކޮންސަލްޓަންޓް، ކަށީގެ ބަލިތަކަށް ހާއްސަ
  • ޑރ. މުހައްމަދު ހަބީބް - ކޮންސަލްޓަންޓް، ކަށީގެ ބަލިތަކަށް ހާއްސަ
  • ޑރ. ތެހްޒީބް ފާރުޤީ - ކޮންސަލްޓަންޓް، ފުއްޕާމޭގެ ބަލިތަކަށް ހާއްސަ
  • ޑރ. ޖަޔާ ޕްރަކާޝް ނާދަން - ކޮންސަލްޓަންޓް، ކިޑްނީ ބަލިތަކަށް ހާއްސަ
  • ޑރ. ޖިވާން ޕައުޑެލް - ކޮންސަލްޓަންޓް، ރާއްޖެ ބައްޔަށް ހާއްސަ
  • ރީބާ މޭރީ ތޮމްޗަން - ދުޅަހެޔޮ ކެއުމާއި ބެހޭ ޑައިޓީޝަން

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މިފަދަ ހެލްތު ކޭމްޕްތައް ބޭއްވުމަކީ ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި މަގުސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެގޮތް ހަމަޖެއްސުން ކަމަށެވެ. މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން މި އަހަރު ކުރިޔަށްގެންދާ ތިން ވަނަ ހެލްތް ކޭމްޕެވެ.

މީގެ ކުރިން ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ވަނީ ހެލްތް ކޭމްޕް ބާއްވާފަ އެވެ. ބޮޑު ތަރުޙީބެއް ލިބިގެންދިޔަ އެ ހެލްތު ކޭމްޕްތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.