Advertisement

ކޭން ހެޓްރިކެއް ހަދައި ޖަރުމަނު ލީގުގައި ރެކޯޑެއް ގާއިމްކޮށްފި

about 5 hours 0


ކޭން ހެޓްރިކެއް ހަދައި ޖަރުމަނު ލީގުގައި ރެކޯޑެއް ގާއިމްކޮށްފި

about 5 hours 0

މިއުނިކް (ނޮވެމްބަރު 23) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން 3-0 އިން އޮއުގްސްބާގް އަތުން މޮޅުވި މެޗުގައި، ހެރީ ކޭން ހެޓްރިކެއް ހަދައި ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑެއް ގާއިމްކޮށްފި އެެވެ.

ރޭގެ މެޗުގައި، ޖެހި ގޯލުތަކާ އެކު، ކޭން ވަނީ ލީގުގައި ކުޅުނު 43 މެޗުން 50 ގޯލު ޖަހައިފަ އެވެ. ކޭން އަކީ ޖަރުމަނު ލީގުގެ ތާރީހުގައި އެންމެ އަވަހަށް 50 ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ. މީގެ ކުރިން، އެ ރެކޯޑް އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކުޅުނު އާލިން ބްރައުޓް ހާލަންޑް އަތުގަ އެވެ. މެންޗެސްޓާ ސިޓީ އަށް ކުޅޭ ހާލަންޑް ވަނީ ޖަރުމަނު ލީގުގައި ފުރަތަމަ ކުޅުނު 50 މެޗުން 50 ގޯލު ޖަހައިފަ އެވެ.

ބަޔާނުން ރޭގެ މެޗުގައި ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. ކޭން ފުރަތަމަ ދެ ގޯލު ޖެހީ ޕެނަލްޓީންނެވެ. ތިން ވަނަ ލަނޑު ޖެހީ ލެއޯން ގޮރެޓްޒްކާ ދިން ބޯޅައަކުންނެވެ.

މި ސީޒަނުގައި ކޭން ވަނީ 11 މެޗުން 14 ލަނޑު ޖަހައިފަ އެވެ.

ބަޔާނުން ރޭގެ މޮޅާ އެކު، ޖަރުމަނު ލީގުގެ އެއް ވަނައިގައި ވަނީ އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބަޔާނުން އެއް ވަަނައިގައި އޮތީ 11 މެޗުން 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް 10 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ.