Advertisement

ގުޅީގައި ފާނަބަސަންދު ފެތުރޭތީ ބައްޔަށް ސަމާލުވާން އެދެފި

22 ނޮވެންބަރު 2024 - 19:30 1

ފާނަބަސަންދު ޖެހިފައިވާ ކުއްޖެއްގެ ފޮޓޯއެއް: މުޅި ރާއްޖެއިން 2700 އަށް ވުރެ ގިނަ ކޭސް މި އަހަރު ރިޕޯޓުކޮށްފައިވެ -- ފޮޓޯ: ހެލްތުލައިން


ގުޅީގައި ފާނަބަސަންދު ފެތުރޭތީ ބައްޔަށް ސަމާލުވާން އެދެފި

22 ނޮވެންބަރު 2024 - 19:30 1

ކ. ގުޅީގައި ފާނަބަސަންދު ފެތުރޭތީ އެ ބައްޔަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު އެދެފި އެވެ.

އެޗްޕީއޭ އިން ބުނީ ގުޅީގައި ނޮވެމްބަރު މަހުގެ މިހާތަނަށް ފާނަބަސަންދުގެ 11 ކޭސްއެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެތަނުން ބުނެ އެވެ.

އެ ބަލީގެ އަލާމާތްތަކަށް ސަމާލުވާން އެޗްޕީއޭއިން އެދެ އެވެ. އެއީ ހުން އައުމާއި ވަރުދެރަވުމާއި ނޭފަތުން ފެން އައުމާއި ހަމުގައި ބިހިތަކެއް ނެގުމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވާނެ އެވެ.

ފާނަބަސަންދު އެއްފަހަރު ޖެހިފައި ހުރި މީހަކަށް ދެ ވަނަ ފަހަރު ޖެހުމުގެ ފުރުސަތު ކުޑަ އެވެ. ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ތެރެއިންނާއި ބަލި ޖެހިފައި ހުރި މީހެއްގެ ގައިގައި ބީހިގެން ނުވަތަ ބަލި މީހަކު ބޭނުން ކުރާ ތުވާލި ފަދަ އެއްޗެއް ބޭނުން ކުރުމުންނެވެ.

ފާނަބަސަންދު ޖެހުމުގެ ފުރުސަތުު އެންމެ ބޮޑީ ކުޑަކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށް ވެސް އެ ބަލި ޖެހެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މުޅި ރާއްޖެއިން ފާނަބަސަންދުގެ 2977 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 1506 ކޭސް އަދި އަތޮޅުތަކުން 1471 ކޭސް އެވެ.