Advertisement

ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭން ބާ ކައުންސިލުން ގޮވާލައިފި

20 ނޮވެންބަރު 2024 - 12:31 2

މުހައްމަދު ޝަހްޒާން

މ

Advertisement

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ލޯގޯ -- ފޮޓޯ: ބާ ކައުންސިލް


ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭން ބާ ކައުންސިލުން ގޮވާލައިފި

20 ނޮވެންބަރު 2024 - 12:31 2

Advertisement

Advertisement

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ގެނެވޭ ކޮންމެ ބަދަލަކަށް ވެސް ހިޔާލު ހޯދައި މަޝްވަރާ ކުރަން ޖެހޭ ކަމަށް ދެކޭ ކަމަށެވެ.

Advertisement

"ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ގެނެވޭ ކޮންމެ އިސްލާހެއް ނުވަތަ ބަދަލަކީ ވެސް ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލު ހޯދުމާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކެއް މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކެއް ކަމުގައި ވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ހިނދު، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭ ގޮތަށް މި ބިލުގެ ކަންކަން އިންތިޒާމު ކޮށްދިނުމަށް މި ކައުންސިލުން ގޮވައިލަމެވެ." ބާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބާ ކައުންސިލުގެ ބަޔާނުގައި ބުނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް އެ ކައުންސިލުގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަކީ މުހިންމު ކަމެއް ކަމުގައި ފެންނާތީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެދި މަޖިލީހަށް އެންގި ކަމަށެވެ.

ނަމަވެސް އެ ބިލު މުޅި ދިރާސާ ކުރިއިރު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމީ ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ނުކުރުމަށެވެ.

Advertisement

ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ. ވޯޓު ގަޑީގައި އެ ހުށަހެޅުން ބޭރުކުރީ 69 މެންބަރުންގެ ވޯޓުންނެވެ. މަޝްވަރާ ކުރަން ތާއީދު ކުރެއްވީ 11 މެންބަރުންނެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވޯލް

4 months ago

އެދުމުންވެސް އެ ފުރުސަތު ނުދިން. ދެން ރައްޔިތުންނާ ގައުމުގެ ދިފާއުގައި ތިޔަ ކައުންސުލުންވެސް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް މި އުއްމީދު ކުރަނީ.

ސާބަހޭ

4 months ago

އޯ ގަދަ، މަހުޖަނުންގެ ކަންތަކާ ޖެހުނީމަ ގަދަނިދިން ހޭލެވިއްޖެ! ގައުމަށް ވަފާތެރިވެވޭނީ ތިހާވަރަށް.