20 ނޮވެންބަރު 2024 - 08:50 5
އަމަން ހަލީމް
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ: މި މަޝްރޫއު ހަވާލުކުރީ ޗައިނާ ކުންފުންޏަކާ -- ފޮޓޯ: އަދަދު
20 ނޮވެންބަރު 2024 - 08:50 5
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކުރި އަގަކީ ވިޔަފާރީގެ ސިއްރެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެކޮޅު ހަދައިފި އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ އެވެ. މި ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އަންނަ އަހަރުގެ ޖެނުއަރީ 30، އަށެވެ.
ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މަސައްކަތް ކުރެވި ގިނަ ދުވަސްތަކެއް ގޮސްފައިވާތީ، ކޮންޓްރެކްޓަރަށް 75 ދުވަހުގެ އެކްސްޓެންޝަނެއް ދީފައިވާ ކަމަށް މި މަޝްރޫއުގެ ތަފުސީލުތައް ހިއްސާކުރަން އެދި "އަދަދު" އިން ހުށަހެޅި އާރުޓީއައިގެ ޖަވާބުގައި އެޗްޑީސީން ބުނެފައި ވެ އެވެ. އެހެންކަމުން މަސައްކަތް ނިންމަން ޖެހޭ އާ ތާރީހަކީ އަންނަ އަހަރުގެ އޭޕްރިލް 15، އެވެ.
މި ތަފުސީލުތައް ދިން ނަމަވެސް އާރުޓީއައިގައި މި ނޫހުން ހޯދަން އެދުނު ގިނަ މައުލޫމާތު ނުދޭން އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެ މައުލޫމާތުތަކަކީ މަސައްކަތް ހަވާލުކުރި އެއްބަސްވުމުގެ އަގާއި މިހާތަނަށް ދޫކުރި ފައިސާ އާއި އެކި ދުވަސް މަތިން ފައިސާ ދޫކުރި ނަމަ އެ ފައިސާ ދޫކުރި އަދަދާއި ތާރީހުތަކެވެ.
ހިޔާ ފްލެޓުގައި އިތުރު ލިފްޓު ހަރުކުރުން ޗައިނާ ކުންފުންޏަކަށް
އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލޓޑ އަށް. އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް މިހާރު ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ދަނީ ހަރުކުރަމުން.
ހިޔާ ފްލެޓުގައި އިތުރު ލިފްޓު ހަރުކުރުން ޗައިނާ ކުންފުންޏަކަށް
އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލޓޑ އަށް. އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް މިހާރު ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ދަނީ ހަރުކުރަމުން.
މި މައުލޫމާތު ނުދޭން އެޗްޑީސީން ނިންމީ އާރުޓީއައި ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެވެ. ގާނޫނުގެ އެ މާއްދާގައި އޮންނަނީ ވިޔަފާރި ސިއްރެއް ހިމެނިގެން ވުމާއި އެ މައުލޫމާތު ހާމަކޮށްފި ނަމަ، އެ ތިން ވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަަރު ފޯރާނެ މައުލޫމާތު ސިއްރު ކުރެވޭ ގޮތަށެވެ. އަދި ޕްރޮޖެކްޓުގެ އަގު ސިއްރުކުރަން އެއްބަސްވެފައިވާ ހާލަތުގައި ވެސް އެ މައުލޫމާތު ނުދޭން ނިންމެ އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރަށް ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ހިޔާގެ 16 ޓަވަރުން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކުރުމެވެ. އޭގެ ތެރެއިން އެއް ލިފްޓަކީ ބަލި މީހުން އުފުލާ ސްޓްރެޗަރު އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އެޗްޑީސީން ބުނި ގޮތުގައި މިހާތަނަށް ނިމުނީ މި މަޝްރޫއުގެ 29 ޕަސެންޓެވެ.
އެޗްޑީސީން މި މަސައްކަތުގެ އަގު ހާމަނުކުރި ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި މި މަޝްރޫއުގެ އަގުގެ ގޮތުގައި އޮތީ 108.4 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަސައްކަތަށް ކަނޑައެޅި 200 މިލިއަން ރުފިޔާއަށް ވުރެ 91.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
މިއީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ކުރަން ފެށި މަސައްކަތެކެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވޯލް
2 months ago
މަގޭ ހިތައް އަރާ ސަރުކާރުން މިވަރަށް މައުމާރު ސިއްރުކުރާއިރު، ދައުލަތުގެ / ސަރުކލާރުގެ ލޯޔަރު ބަންޑަރަ ނައިބު ކީވެގންވާއެއް މިކަން މިގޮތައް ނުކުރުމަށް ސަރުކާރަށް ލަފާ ނުދެނީ. ގައިމު މަޖިލީހުގައި އިންއިރު އޭރުގެ ސަރުކާރުން ޗާގޯސްގެ މައްސަލާގައި ދެސަރުކާރު ދެމެދު ކުރި މުއާމަާތް ހާމަކުރަންވެސް ގޮވި މީހެއް ވިއްޔަ މިހާރު ބަންޑަރަނައިބު ކަމުގައި އިނީ.
ފަބިއޯ އުންޗު
2 months ago
ތިޔަ ތަނުގައި ލިފުޓު ހަރުކުރީމާ ހާދަ އަޑު ހިފާފާ ހުންނާނޭދޯ ތިޔަ އެތި ދުވާ އިރު... ރަނގަޅަށް އަޑު ބަންދު ކުރާނޭ ކަމަށް އުންމީދުކުރަން...
މުހުސިނު
2 months ago
އެޗް.ޑީ.ސީއަށް ކަމެއް ކުރެވެންޔާ ނިކަން ފްލެޓް ދޭތެރޭ ހަދަން ފަށާ ނުނިމި އޮތް ޕާކް ނިންމަ ބަލަ، އެތަން ހަދާތާ މީ ކިތައްވަނަ އަހަރުބާ؟
ހަލީމު
2 months ago
ގާބިލު ބަޔަކައް އަދި އެމްޑީޕީ ނޫންބަޔަކުނާދޭ
ވާނުވާ
2 months ago
ދެކޮޅު ހަދާނެތާ އެޗްޑީސީ އިން ހިންގާ ޖަރީިމާތަކުގެ ވާހަކަ ކިޔާނީ ކިހިނެއް، އެޗްޑީސީގެ ބޮޑެތިންނަށްވެސް ތިބޭނީ ހުސް ނާގާބިލް މީހުން
Comment