ޕީއެންސީގެ މެންބަރުން "ތަޅު އަޅުވަން" ގާނޫނުއަސާސީ މާދަމާ ބަދަލުކުރަނީ

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ އުވާލަން ހައި ކޯޓަށް މައްސަލައެއް ހުށަހެޅުމާއި، ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އެ ޕާޓީން ވަކިވާން އުޅޭކަމުގެ އަޑުތަކެއް ފެތުރުމާއެކު، ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް، އަދި ޕާޓީގެ މެންބަރުކަމުން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ނިންމައިފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅަން ނިންމިކަން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އެންގީ، މެންބަރުންނާއި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމުގަ އެވެ.

ޕީއެންސީގެ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ އެ ބިލު މިރޭ މަޖިލީހަށް ފޮނުވައި، މާދަމާގެ ޖަލްސާއަށް އެޖެންޑާކުރާނެ ވާހަކަ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

އެ ބިލް ކުރިއަށް ގެންދާނީ މަޖިލީހުގައި ބިލްތައް އާންމުކޮށް ކުރިއަށް ގެންދާ ތަރުތީބާއި ވަގުތު ކުރުކޮށްލުމަށް ފަހު، މާދަމާއިން މާދަމާ އަށް ބިލް ނިންމާ ގޮތަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އެ އިސްލާހު ގެންނަން ބޭނުން ނުވާ މެންބަރުން ތިއްބެވިޔަސް، މިއަދުގެ ބައްދަލުވުމުގައި އެކަން ފާޅުގައި ވިދަލުވީ މަދު މެންބަރެއް ކަމަށްވެ އެވެ.

މިފަދަ އިސްލާހެއް ގެނައުމަށް ރައީސް ނިންމެވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅުންނާ ޗެލެންޖު ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.

ޓޫރިސްޓު ފެސިލިޓީތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރު ކުރި ނަމަވެސް އެ ގަވާއިދަށް އަމަލު ނުކުރެވޭނެ ކަމަށް ޓޫރިޒަމް ވިޔަފާރިވެރިން އަންގާފައިވަނިކޮށް، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ވިދާޅުވީ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި ޖެހޭނީ 500 ޑޮލަރު މާރުކުރަން ކަމަށެވެ.

"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ،" ޓޫރިޒަމް ވިޔަފާރިވެރިންނަށް ރައްދު ދެއްވައި ހަރުއަޑުން ރައީސް ވިދާޅުވި އެވެ

އެ ކަމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރާ ކަމެއް ކަމަށާއި އެކަމަށް ގާނޫނީ ގޮތުން ބާރު ދިނުމަށް މަޖިލިސް ތެރެއިން ފޮރެކްސް ގާނޫނެއް ވެސް ފާސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަނީ ވެސް ވިޔަފާރިވެރިންގެ ކިބައިން ސަލާމަތް ވުމަށް ކަމަށް، މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވި އެވެ.

ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް 19 ވަނަ މަޖިލީހުގެ ފަހު ދުވަސްކޮޅުގައި ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ތަސްދީގު ކުރެއްވީ ރައީސް މުއިއްޒެވެ. އެ ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން އިއްޔެ ހައި ކޯޓަށް ހުށަހެޅީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ދަފުތަރު ނަންބަރު ރސ 4800، މުހައްމަދު އަނީސް އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކޮށްފި މެންބަރަކު އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

ގާނޫނުއަސާސީގެ 261 ގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އެހެންވެ، ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރެވޭނީ 70 މެންބަރުންގެ ވޯޓުންނެވެ.

މަޖިލިސް ބެހިފައިވާ ގޮތް

  • ޕީއެންސީ 75
  • އެމްޑީޕީ 12
  • އެމްޑީއޭ 2
  • މިނިވަން 2
  • ޖޭޕީ 1
  • އެމްޑީއޭ 1

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox