Advertisement

ޖެނިފާގެ ވަޒީފާ އިޔާދަކުރަން ދެކޮޅު ހަދައި އައިލެންޑް އޭވިއޭޝަނުން ހައި ކޯޓަށް

19 ނޮވެންބަރު 2024 - 12:11 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ: ޖެނިފާއަށް ވަޒީފާ ދޭން ދެކޮޅު ހަދައި އައިލެންޑް އޭވިއޭޝަނުން ޓްރައިބިއުނަލުން ނިންމި މައްސަލަ ހައި ކޯޓަގައި ވަނީ އިސްތިއުނާފު ކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ޖެނިފާގެ ވަޒީފާ އިޔާދަކުރަން ދެކޮޅު ހަދައި އައިލެންޑް އޭވިއޭޝަނުން ހައި ކޯޓަށް

19 ނޮވެންބަރު 2024 - 12:11 1

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ އަހަރުގެ ޑިސެމްބަރު 28، ގައި އާއިޝަތު ޖެނިފާ ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ކަނޑައެޅި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ހައި ކޯޓުގެ ވެބްސައިޓުން ދައްކާ ގޮތުގައި އެ މައްސަލަ އައިއޭއެސްއިން އެ ކޯޓަށް ހުށަހަޅައި ބަލައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ. މިދިޔަ މަހުގެ 13، ގައި ޓްރައިބިއުނަލުން ނިންމީ ޖެނިފާ ވަޒީފާއިން ވަކިކުރީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ހުއްދަ ކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބުރަވެވެން ނެތް ކަމަށް ބުނެ އެވެ.

އެ ހުކުމުގައި އައިލެންޑް އޭވިއޭޝަންގެ މައްޗަށް އަމުރު ކުރީ ޖެނިފާ ކުރިން އަދާ ކުރަމުން ދިޔަ ޑެޕިއުޓީ ޑީއެމްޑީގެ މަގާމަށް އަލުން ރުޖޫއަކޮށް، އޭނާއަކީ ވަޒީފާއިން ވަކިވި ފަރާތެއް ކަމަށް ނުބަލައި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން މައްސަލަ ނިމުނު ތާރީހާ ހަމައަށް ހޭދަވި މުއްދަތަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

ޖެނިފާ ހުންނެވީ މަގާމުގެ ގޮތުން މުސާރަ އާއި އިނާޔަތްތަކާއެކު އޭނާއަށް މަހަކު 56،171ރ. ލިބެ އެވެ. އެހެންކަމުން ޖެނިފާ މަގާމުން ވަކި ކުރި ފަހުން ހިނގައިދިޔަ 10 މަސް ދުވަހަށްވާ 561،710ރ. އައިލެންޑް އޭވިއޭޝަނުން އޭނާއަށް ދޭންޖެހޭނެ އެވެ.

އޭގެ އިތުރުން ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ވެސް ޓްރައިބިއުނަލުން ވަނީ އަންގައިފަ އެވެ. ހުކުމުގައި ބުނީ އެ ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.