މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ހަދަނީ

18 ނޮވެންބަރު 2024 - 13:31 1

މުހައްމަދު ޝަހްޒާން

މ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އެތަނަށް ކިޔަނީ "ޒުވާނުންގެ ތާޑް ސްޕޭސް" -- ފޮޓޯ: ރައީސް އޮފީސް


މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ހަދަނީ

18 ނޮވެންބަރު 2024 - 13:31 1

ލިލީމަގުގައި ހުންނަ މުލިއާގޭގެ ގަރާޖުގައި ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެ ނިންމެވުން ރައީސް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްުދުﷲ މުއްތަލިބު ހުށަހެޅުއްވި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

އެމަނިކުފާނު ނިންމަވާފައި ވަނީ މުލިއާގޭގެ ގަރާޖު ހިންގަމުން އައި އިމާރާތާއި ގޯތި ތެރޭގައި ޒުވާނުން ބާރުވެރިކުރުވައި ހުނަރުވެރިކުރުވައި މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުންތައް ބަދަހި ކުރާ މަރުކަޒެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މަރުކަޒުގައި ކުރިއަށް ގެންދަން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އެކިކަހަލަ ބޫޓް ކޭމްޕުތަކާއި ސްކިލް އެކްސްޗޭންޖު ޕްރޮގުރާމުތަކުގެ އިތުރުން ވާޗުއަލް ޓްރެއިނިން އާއި ކޮމިއުނިޓީ އާޓް ވޯލް އަދި އެކި ބާވަތްތަކުގެ މަޝްވަރާ ބައްދަލުވުންތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި، އެ މަރުކަޒުގައި ރާއްޖެއަށް ހާއްސަ ކާބޯތަކެތި ވިއްކުމަށާއި ކުދި އަދި މެދުފަންތީގެ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކޭނެ ކެފެޓޭރިއާއެއް ހިމެނުމަށް ވެސް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މަރުކަޒު ގާއިމު ކުރާއިރު، އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކަށް އައިސްގޮސް އުޅޭ މީހުންނަށާއި އެ ސަރަހައްދުގެ ޓްރެފިކަށް ދަތި ނުވާނޭ ފަދަ ރަނގަޅު ޓްރެފިކް ޕްލޭނަކާ އެކު ކުރިއަށް ގެންދަން ވެސް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ކައިރިކައިރިން

5 months ago

މިއީ ރައީސް މައުމޫން 1980ގެ ތެރޭގައި އެންމެ ފުރަތަމަ ޒުވާނުންގެ މަރުކަޒެއް އުފެއްދެވި ތަން، ފުރަތަމަ އޮނަރަބްލް އޒ. ފަތުހުﷲ ޖަމީލު، ފަހުން ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މޭސްތިރިކަމުގެ ދަށުން. ޝަބްނަމް ޙުސައިން މުޙައްމަދު ދީދީ، ޢަބްދުﷲ ރަޝީދު، ޢަބްދުއްސައްތާރު ޙަސަން ފަދަ ބޭބޭފުޅުންގެ ގިނަގުނަ ޚިދުމަތްތައް ލިބުނުތަން.