about 4 hours 3
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ މަނިކުފާނު ރައީށް މުއިއްޒަށް ފޮނުއްވި ސިޓީ
about 4 hours 3
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތަޖުރިބާގެ އަލީގައި ވެރިކަމުގެ ފަހު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސިޓީއެއް ލިޔުއްވައި މޭޒުމަތީގައި ބޭއްވެވި ސިޓީގައި އަގުހުރި ނަސޭހަތެއް ދެއްވާފައިވެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސޯލިހު ވިދާޅުވީ ރައީސްކަމުގައި އެންމެ ފަހު ދުވަހު އެ ގޮނޑީގައި ދެން އިށީންނަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީފުޅެއް ލިޔުއްވައި މޭޒުމަތީގައި ބޭއްވެވި ކަމަށެވެ.
"އެ ދުވަހު އެންމެ ފަހު ކަމަކަށް ކުރިކަމަކީ އަލަށް އެ ގޮނޑީގައި އިށީނދެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ނޯޓެއް ނަމަވެސް އަޅުގަނޑު ހިތަށް އެރީ ބާއްވަވަން ވާނެއޭ،" ސޯލިހު ވިދާޅުވި އެވެ.
"ފަސް އަހަރު ކުރެވުނު ތަޖުރިބާގެ އަލީގައި ދެން އަންނަ ބޭފުޅަކަށް އަޅުގަނޑަށް ފެންނަ އެއްޗެއް އަޅުގަނޑު ޖެހޭނެއޭ ނޯޓުކޮށްލާފައި ބާއްވަން. އެގޮތުން ސިޓީއެއް ލިޔެފައި މޭޒުމަތީގައި ބޭއްވިން."
ރައީސް ސޯލިހުގެ ސިޓީ
ސޯލިހު އަތުން ލިޔުއްވާފައިވާ އެ ސިޓީގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވަރަށް ބޮޑު އަމާނާތެއް އަދި އެހާ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި އެ މަގާމާ ހަވާލުވާ ކޮންމެ މީހަކު ވެސް އަބަދު މަސައްކަތް ކުރަންވާނީ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިހުލާސްތެރިކަމާއެކު ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.
ކޮންމެ ކަމެއްގައި ވެސް އިސްލާމް ދީނާއި ގައުމީ މަސްލަހަތު އިސް ކުރުމުގެ މުހިންމުކަން ސޯލިހު ފަހާގަކުރެއްވި އެވެ.
ވެރިކަމުގައި ހުންނަވާ ދުވަސްވަރު އުނދަގޫ ހާލަތްތަކާ ކުރިމަތިލާން ޖެހި ތިމާ ބޭނުންވާ ގޮތަށް ކަންކަން ނިންމަން ދަތިވާ ވަގުތު އަންނާނެކަން ފާހަގަ ކުރައްވާ ސޯލިހު ވިދާޅުވީ އެއިން ކޮންމެ ވަގުތެއްގައި ވެސް އިސްކުރަންވާނީ ރައްޔިތުންގެ ހައްގުތަކާ ގައުމީ މަސްލަހަތު ކަމަށެވެ.
"ތިމާއަކީ ރައްޔިތުންގެ ހާދިމެއްކަން އަބަދު ވެސް ހަނދުމަފުޅުގައި ބަހައްޓަވާތި. މަޝްވަރާ ކުރައްވާތި. އަޅުގަނޑު އެދެނީ މަނިކުފާނަށް ކާމިޔާބު،" ސޯލިހު ވިދާޅުވި އެވެ.
މިއީ މިފަދަ ސިޓީއެއް ރައީސް މުއިއްޒުއަށް ދެއްވިކަން ސޯލިހު ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އޭރު ސޯލިހު ވަނީ އެމަނިކުފާނަށް ދައުވަތު ދެއްވައި ރައީސް އޮފީހުގައި ބައްދަލު ވެސް ކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment