Advertisement

ނަޑާލްގެ ފަހު މުބާރާތް އަލްކަރާޒް އަށް ހާއްސަ

17 ނޮވެންބަރު 2024 - 16:36 0


ނަޑާލްގެ ފަހު މުބާރާތް އަލްކަރާޒް އަށް ހާއްސަ

17 ނޮވެންބަރު 2024 - 16:36 0

މަލާގާ، ސްޕެއިން (ނޮވެމްބަރު 17) - ޓެނިހުގެ ލެޖެންޑަރީ ތަރި، ރަފައެލް ނަޑާލްގެ ފަހު މުބާރާތް ކަމަށްވާ ޑޭވިސް ކަޕް ސްޕެއިންގެ ޒުވާން ތަރި ކާލޯ އަލްކަރާޒަށް ހާއްސަ ކަމަށް ބުނެފި އެވެ.

ޓެނިސްގެ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ނަޑާލް ޓެނިހާ އަލްވަދާއު ކިޔާނީ ޑޭވިސް ކަޕަށް ފަހުގަ އެވެ.

ސްޕެއިނުން ޑޭވިސް ކަޕުގެ ކުއާޓާ ފައިނަލުގައި އަންގާރަ ދުވަހު ނުކުންނާނީ ނެދަލަންޑްސްއާ ދެކޮޅަށެވެ. މީގެ ކުރިން ސްޕެއިނުން ވަނީ ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކުރުމުގައި ނަޑާލްގެ ހިއްސާ ބޮޑެވެ.

"އެ މުބާރާތް (ޑޭވިސް ކަޕް) ވާނީ އަހަރެންގެ ކެރިޔަރުގައި ކުޅޭނެ އެންމެ ހާއްސަ މުބާރާތައް. އެ މުބާރާތުގައި ގިނަ ކަންތައްތަކެއް ވާނެ. ރަފާ އަހަރެންނާ އެކު ހުރުމަކީ އަބަދު ވެސް ހާއްސަ ކަޕެއް އަދި މިއީ ރަފާގެ ފަހު މުބާރާތައްވުން އެއީ މި މުބާރާތް އަހަރެންއަށް އިތުރަށް ހާއްސަވާ ކަމެއް" އަލްކަރާޒް ބުންޏެވެ.

ޓެނިހުގައި އަލްކަރާޒްގެ ފުރަތަމަ މުބާރާތަކީ 2022 ވަނަ އަހަރު ކުޅުނު މުބާރާތެވެ. މި ވަގުތު އަލްކަރާޒް އަކީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި ސީޑުކޮށްފައިވާ ކުޅުންތެރިޔާ އެވެ.

ނަޑާލް، އެންމެ ފުރަތަމަ މާސްޓާސް ތަށްޓެއް ގެނައީ 2005 ވަނަ އަހަރު އެވެ. އޭރު އަލްކަރާޒް އަދި ޓެނިސް ރެކެޓްގައި ވެސް އަތެއް ނުލަ އެވެ. އެކަމަކު، އަލްކަރާޒް ޓެނިހަށް ހިތްޖެހުނީ ނަޑާލްގެ ކުޅުން ފެނިފަ އެވެ. ޓެނިހުގެ ގިނަ ތަޖުރިބާކާރުން ދެކޭގޮތުގައި ނަޑާލް ދަމަހައްޓަމުން އައި ސްޕެއިނުގެ ޓެނިސް "ލެގަސީ" ދެން ކުރިއަށްގެންދާނެ ކުޅުންތެރިއަކީ އަލްކަރާޒް އެވެ.