16 ނޮވެންބަރު 2024 - 19:26 0
ޓީމު އިވެންޓްގައި ވާދަކުރި ގައުމީ އަންހެން އަދި ފިިރިހެން ކެރަމް ޓީމު.--- ފޮޓޯ: ކެރަމް އެސޯސިއޭޝަން
16 ނޮވެންބަރު 2024 - 19:26 0
އެެމެރިކާގެ ކެލަފޯނިއާގައި މިހާރު ކުރިއަށްދާ ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.
ފިރިހެން ޓީމުގައި ހިމެނެނީ، ހަސަން ނާޒިމް، އިބްރާހިމް ހުޖާން އަލީ، އިސްމާއިލް އަޒްމީން އަދި މުހައްމަދު މުންތަސިރު އެވެ. އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ނަހުފާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އަދި ފާތިމަތު ރަޔާނާ އެވެ.
އެމެރިކާއާ ދެކޮޅަށް އަންހެން ޓީމުން ކުޅުނު މެޗުގެ ފުރަތަމަ ސިންގަލްސްގައި، ވިދާދު ވަނީ 25-12، 25-01 އިން އެމެރިކާގެ ސްވަޕޫރާ ކަތުކަމް ބަލިކޮށްފަ އެވެ. ދެ ވަނަ ސިންގަލްސްގައި، ރާއްޖޭގެ ރަޔާނާއާ ކުޅެގެން އެމެރިކާގެ ޕްރިތީ ޖަކޯޓީ ވަނީ މޮޅުވެފަ އެވެ. ސްކޯ އަކީ، 25-17، 23-00 އެވެ. ތިން ވަނަ އަށް ކުޅުނު ޑަބަލްސް މެޗުގައި، ނަހުފާ އާއި ފައިނާޒްގެ ޕެއާ އިން ވަނީ 25-0، 25-0 އިން އެމެރިކާގެ ގީތާ އާއި މޮނިކާގެ ޕެއާ ބަލިކޮށްފަ އެވެ.
ފިރިހެން ޓީމުން ސިންގަޕޫރާ ދެކޮޅަށް ކުޅުނު ފުރަަތަމަ ސިންގަލްސްގައި، އަޒްމީން ވަނީ ސިންގަޕޫރުގެ ވިޖޭ އަތުން 25-0، 25-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ސިންގަލްސްގައި، ސިންގަޕޫރުގެ ލިނަސް ވަނީ މުންތަސިރު އަތުން 08-25، 22-16 އަދި 00-25 އިން މޮޅުވެފަ އެވެ. ތިން ވަނަ އަށް ކުޅުނު ފިރިހެން ޑަބަލްސް މެޗުގައި، ރާއްޖޭގެ ހުޖާން އާއި ނާޒިމްގެ ޕެއާ ވަނީ 25-0، 25-0 އިން ސިންގަޕޫރުގެ ރަމަން އާއި އަމިލާގެ ޕެއާ އަތުން މޮޅުވެފަ އެވެ.
މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ހިމެނޭ ގޮތަށް 16 ގައުމަކުން ވާދަކުރެ އެެވެ.
Comment