about 6 hours 0
ލީވާން އަލީ ނާސިރު
about 6 hours 0
ޓާޝަރީ ފެންވަރުގައި ހިދުމަތް ދިނުމުގެ ޝަރުތުތައް ހަމަވުމުން ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިން ލައިސަންސް ހުޅުމާލޭ ހޮސްޕިޓަލާ މިއަދު ހަވާލުކޮށްފި އެވެ.
އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައިއިރު، ހަތަރު އޮޕަރޭޝަން ތިއޭޓަރުގެ ތިއޭޓާ ކޮމްޕްލެކްސްއަކާއި އައިސީޔޫ، އެންއައިސީޔޫ އަދި ސީއެސްޑީ ހިދުމަތް ވަނީ ތައާރަފުކޮށްފަ އެވެ.
އަލަށް ގާއިމުކުރި އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްގައި ހިމެނެނީ ކަށީގެ ހާއްސަ ތިއޭޓަރަކާއި، ލޮލުގެ ހާއްސަ ތިއޭޓަރަކާއި، އަންހެނުންގެ ހާއްސަ ތިއޭޓަރެއްގެ އިތުރުން ޖެނެރަލް ސާޖަރީތަކަށް ހާއްސަ ތިއޭޓަރެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި މިވަގުތު އީއާރުގައި ހަތް އެނދު ހުރުމުން ދަތިތައް ދިމާވަމުންދާ ކަމަށާއި ނަމަވެސް މި ހަފްތާ ތެރޭގައި އެކަމަށް ހައްލެއް ގެނައުމަށް 14 އެނދަށް އެތަން ބޮޑުކޮށް ވަސީލަތްތައް އިތުރު ކުރުމުގެ މަޝްރޫއެއް ފަށާނެ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޑަޔަލިސިސް ހެދޭ 10 އެނދުގެ ކެޕޭސިޓީ އަންނަ އަހަރުގެ ކުރީކޮޅަށް 30 އެނދަށް އިތުރު ކުރާނެ ކަމަށް ވެސް އިބްރާހިމް ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން 28 އެނދު އިތުރު ކުރާނެ ކަމަށެވެ.
Comment