about 24 hours 0
ލީވާން އަލީ ނާސިރު
ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން މަގު ޗާޓު އިއުލާންކުރި ރަސްމިއްޔާތު: އެ ރަސްމިއްޔާތުގައި އަލަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދޭން ފެށި ރަށްތައް ވަނީ އިއުލާންކޮށްފައި -- ފޮޓޯ: ރައީސް އޮފީސް
about 24 hours 0
ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ އިތުރުން ހަތް ރަށެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ ވެރިކަން ކުރާ ރަށާއި ދުރުގައި ބައެއް ރަށްތައް އޮންނާތީ ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އުފައްދާފައި އޮތީ ދައުލަތުގެ މައުލޫމާތު ބެލެހެއްޓޭނެ ގޮތަށް ކަމަށްވުމުން އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރަށްރަށަށް ފުޅާ ކުރަން ފަސޭހަވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އައިޑީކާޑު ފަދަ އަދި ޕާސްޕޯޓު ފަދަ ސެކުއާ ޑޮކިއުމެންޓޭޝަންތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ މިންގަނޑު ގާއިމު ކުރުމަކީ އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކަށް އޭރު ވެގެންދިޔަ. އަޅުގަނޑަށް ގަބޫލުކުރެވެނީ ނިމިދިޔަ ސަރުކާރުތަކަށް އެކަންތައް ނުކުރެވި އޮތީ މިފަދަ ގޮންޖެހުންތަކުން އަރައި ނުގެނެވިގެން ކަމަށް،" އިހުސާން ވިދާޅުވި އެވެ.
"އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުގައި މިއަދުގެ މި ވުޒާރާ އެކުލަވާލެއްވިއިރުގައި ދައުލަތުގެ މައުލޫމާތު ބެލެހެއްޓޭނެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ވުޒާރާ އެކުލަވާލާފައި އޮތީމަ އަޅުގަނޑުމެންނަށް މިކަމަށް ފަސޭހަކަމާ އެކު މަގުފަހިވެގެންދިޔަ."
މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ވަނީ ފައްޓަވާފަ އެވެ.
އަދި އައިޑީކާޑުގެ ހިދުމަތް މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ހދ. އަތޮޅަށް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ އަދި ކުޅުދުއްފުށީ ސިޓީއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ވަނީ ފައްޓަވާފަ އެވެ.
ހއ. ދިއްދޫގައި އައިޑީކާޑުގެ ހިދުމަތް - މޭއި 2025 ފަށާނެ.
ހއ. ދިއްދޫގައި ޕާސްޕޯޓުގެ ހިދުމަތް - ހިދުމަތް ދޭން ފެށިފައި.
ހއ. އިހަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް - އޯގަސްޓް 2025 ހިދުމަތް ފަށާނެ.
ކުޅުދުއްފުށި ސިޓީ - އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފެށިފައި
ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ހިދުމަތް - ސެޕްޓެމްބަރު 2025 ގައި ފަށާނެ.
ހދ. މަކުނުދޫގައި އައިޑީކާޑުގެ ހިދުމަތް - ފެބްރުއަރީ 2025 ގައި ފަށާނެ.
ށ. ފުނަދޫގައި ޕާސްޕޯޓުގެ ހިދުމަތް - ޑިސެމްބަރު 2024 ގައި ފަށާނެ.
ށ. ފުނަދޫގައި އައިޑީ ކާޑުގެ ހިދުމަތް - ޖޫން 2025 ގައި ފަށާނެ.
ށ. މިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް - ޖުލައި 2025 ގައި ފެށުން.
ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް - ޖުލައި 2025 ގައި ފަށާނެ.
ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް - މޭއި 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - ޑިސެމްބަރު 2024 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - އޯގަސްޓް 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - އެޕްރިލް 2025 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - ސެޕްޓެމްބަރު 2025 ގައި ފަށާނެެ.
ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް - މާލެ ސިޓީ (މާލެ، ހުޅުމާލެ ފޭސް 1، ފޭސް 2، ވިލިމާލެ) ގައި ހިދުމަތް ފެށިފައި.
ކ. ގުރައިދޫގައި ޕާސްޕޯޓުގެ ހިދުމަތް - އޮކްޓޯބަރު 2025 ގައި ފަށާނެ.
ކ. ގުރައިދޫ އަދި ކ. ތުލުސްދޫގައި އައިޑީކާޑުގެ ހިދުމަތް - ނޮވެމްބަރު 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - ސެޕްޓެމްބަރު 2025 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - އޮކްޓޯބަރު 2025 ގައި ފަށާނެެ.
ޕާސްޕޯޓުގެ ހިދުމަތް - މާޗު 2025 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - އޯގަސްޓް 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - ޑިސެމްބަރު 2025 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - ނޮވެމްބަރު 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - އޯގަސްޓް 2025 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - އޮކްޓޯބަރު 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - ޖޫން 2025 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - ސެޕްޓެމްބަރު 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތާއި އައިޑީކާޑުގެ ހިދުމަތް - ފެށިފައި
ޕާސްޕޯޓުގެ ހިދުމަތް - ފެބްރުއަރީ 2025 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - ޖުލައި 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - ފެށިފައި.
އައިޑީކާޑުގެ ހިދުމަތް - ޖޫން 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - ޖެނުއަރީ 205 ގައި ފަށާނެ.
އައިޑީކާޑުގެ ހިދުމަތް - ފެށިފައި.
ތިނަދޫ ސިޓީގައި ޕާސްޕޯޓުގެ ހިދުމަތް - ފެށިފައި.
އައިޑީކާޑުގެ ހިދުމަތް - މާޗު 2025 ގައި ފަށާނެ.
ގދ. ގައްދޫގައި ޕާސްޕޯޓުގެ ހިދުމަތް - ޖޫން 2025 ގައި ފަށާނެ.
ޕާސްޕޯޓުގެ ހިދުމަތް - ފެށިފައި
އައިޑީކާޑުގެ ހިދުމަތް - އެޕްރިލް 2025 ގައި ފަށާނެ.
އައްޑޫ ސިޓީ (ސ. މަރަދޫ) ގައި ޕާސްޕޯޓުގެ ހިދުމަތް - ފަށާފައި
އައްޑޫ ސިޓީ ހުޅުމީދޫގައި ޕާސްޕޯޓުގެ ހިދުމަތް - ނޮވެމްބަރު 2025 ގައި ފަށާނެ
އައިޑީކާޑުގެ ހިދުމަތް - އެޕްރިލް 2025 ގައި ފަށާނެ
Comment