Advertisement

ޔާމީން ބިނާކުރި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިއިރު ހުރިހާ ޝުކުރެއް ރައީސް މުއިއްޒަށް

16 ނޮވެންބަރު 2024 - 04:55 2

މުހައްމަދު ޝަހްޒާން

މ

Advertisement

ރޭގެ ޖަލްސާގައި ރއީސް ޑރ. މުހައްމަދު މުއިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައި ދެއްވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް. -- ފޮޓޯ: ރައީސް އޮފީސް


ޔާމީން ބިނާކުރި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިއިރު ހުރިހާ ޝުކުރެއް ރައީސް މުއިއްޒަށް

16 ނޮވެންބަރު 2024 - 04:55 2

Advertisement

Advertisement

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި އެންމެ ބިޔަ އެއް މަޝްރޫއު ކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ދޭން ފެށިތާ ފަސް އަހަރު ފަހުން ރޭ ރަސްމީކޮށް ހުޅުވިއިރު، އިއްވި ޝުކުރުގެ ލިސްޓުގައި ޔާމީނުގެ ނަން ނުހިމަނައި ހުރިހާ ޝުކުރެއް އޭރުގެ ހައުސިން މިނިސްޓަރު، އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދީ ނިންމާލައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޝުކުރުގެ ލިސްޓު އިއްވެވީ މާލެ ސިޓީ ހޮސްޕިޓަލްސް ގުރޫޕުގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެވެ. ހަލީމްގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައީސް މުއިއްޒުގެ ނަންފުޅެވެ.

Advertisement

"މިރޭގެ މި ރަސްމިއްޔާތުގެ އަސްލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅު، މިއީ މަނިކުފާނު އެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބީ ވައުދުތައް ތަކުރާރު ކުރެއްވި ފަދައިން ދަރުމަވަންތަ ހޮސްޕިޓަލް އޭގެ އެންމެ ފުރިހަމަ މާނައިގައި ފުރިހަމަ ގޮތުގައި ތަރައްގީ ކުރުމަށް ކުރެއްވި އުއްމީދު މިއަދު ވެސް ހަނދުމަފުޅު ބަހައްޓަވައި މި ހޮސްޕިޓަލާ މެދު ގެންގުޅުއްވި ހާއްސަ ސިޔާސަތުގެ ފޮނި ނަތީޖާ،" ހަލީމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލުން ފުރަތަމަ ހިދުމަތް ދޭން ފެށީ އޭޕްރިލް 2019 ގަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލުން ފުރަތަމަ ހިދުމަތް ދޭން ފެށީ އޭޕްރިލް 2019 ގަ އެވެ.

Advertisement

އެއަށް ފަހު ދެން ހަލީމް ޝުކުރު އަދާ ކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ހުރިހާ މުވައްޒަފުންނަށެވެ. ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވުމަށް އެ މުވައްޒަފުން ކުރެއްވި މަސައްކަތް ހަލީމް ފާހަގަ ކުރެއްވި އެވެ.

ލިސްޓުގެ ތިންވަނައަށް ހަލީމް ފާހަގަކުރެއްވީ ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އާއި އެ މިނިސްޓަރީގެ މުވައްޒަފުންނެވެ. ދެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެ މިނިސްޓަރީގެ މުވައްޒަފުންނެވެ.

ލިސްޓުގެ ފަހަތުން ހަލީމް ޖާގަ ދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ސަޕްލަޔަރުންނަށާއި ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް މިރޭގެ އިވެންޓު ބާއްވައިދިން ސްޕޮންސަރުންނަށެވެ.

ހަލީމްއަށް ފަހު ވާހަކަދެއްކެވި ހެލްތު މިނިސްޓަރު ނާޒިމްގެ ވާހަކައިގައި ވެސް ފާހަގަ ކުރެއްވީ ރައީސް މުއިއްޒުގެ ދުރު ވިސްނުން ފުޅާއި ސިއްހީ ނިޒާމު ކުރިއެރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ ވާހަކަ އެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށް 2018 ގައި ނިމުނު ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ދޭން ފެށީ އޭޕްރިލް 2019 ގަ އެވެ. ރެއާ ހަމައަށް އެ ހޮސްޕިޓަލް ބޭނުން ކުރަމުން އައީ އައިޖީއެމްއެޗުގެ ބައެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރޭ ރަސްމީކޮށް ހުޅުވި ވަގުތު އެ ރަސްމިއްޔާތުގައި އެޅުވި ވީޑިއޯ ރިޕޯޓުގައި ވެސް ހިފެހެއްޓުމެއް ނެތް ތައުރީފު އެތައް އަޑަކުން ރައީސް މުއިއްޒުއަށް ކުރި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް ރޭ ހުޅުވުމާ ހަމައަށް ދިޔައީ އެތައް ގޮންޖެހުމަކާއެކު ގިނަ މަރުހަލާތަކެއް ކަޑައްތު ކޮށްފައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

"ރާއްޖޭގައި ބިނާ ކުރެވިފައިވާ އެންމެ ބިޔަ ބިނާކަމުގައިވާ މި ހޮސްޕިޓަލުގެ ބިންގާ އެޅުނު ދުވަހުން ފެށިގެން އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހޮސްޕިޓަލް ނިންމުމަށް ދެއްވި ހާއްސަ ސަމާލު ކަމަކީ ދިވެހި ހުރިހާ ރައްޔިތުން ވެސް އަދި ހާއްސަކޮށް ހޮސްޕިޓަލުގެ މުވައްޒަފުން ފަހުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް،" އެ ރިޕޯޓުގައި ބުންޏެވެ.

ރައީސް ޔާމީނުގެ ނަން ނުކިޔާ ރޭގެ ޖަލްސާ ނިންމައިލި ނަމަވެސް، ސިނަމާލެ ބުރިޖާއި ހިޔާ ޓަވަރުތަކުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލަކީ ޔާމީނުގެ ފަސް އަހަރުގެ އެންމެ ކާމިޔާބު މަޝްރޫއުތަކެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހައްޖާޖު

4 months ago

ހަޑިހޭވި ވަރަކަށް ބާރަށް މައްޗަށް އަރާތީ މިފެންނަނީ ދިދަތަށް އެހުރީ ރަށްރަށަށް ފޮނުވިފަ އިސާހިތަކު ދިދަ ދަނޑި ތަކުން ދިދަ ތައް ވިހުރެން ފަށާނެ އެމްޑީޕީ މުއްލާ އަކާ ޖޭޕީ ކުއްޖަކު ގަނެގެން ކޮމެޓީ ހެދުމަކުން ދިރުވޭނެ ދިރޭނެ ފިކުރެއް މަގުބޫލުކަމެއް ނޯންނާނެ

ހަލީމު

4 months ago

އާރަންވޭ ދެވަނަ ފަހަރައް ުޅުވިއިރު ހުރިހާތައުރީފެއްުރީ ޔާމީނައްތޯ؟ކުރެއްވީ ޔާމީނު ނަން ކިތައޮފަހަރުތޯވިދާޅުވީ؟