Advertisement

ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅު އަޅުވަން ބިލު ހުށަހެޅީ ވެރިންގެ ފަސާދައިގެ އަމަލުތައް ފަރުދާކުރަން: ޝާހިދު

13 ނޮވެންބަރު 2024 - 08:16 0

އަހުމަދު އާއިދު

އ

Advertisement

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅު އަޅުވަން ބިލު ހުށަހެޅީ ވެރިންގެ ފަސާދައިގެ އަމަލުތައް ފަރުދާކުރަން ކަމަށް އޭނާ ވިދާޅުވެއްޖެ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅު އަޅުވަން ބިލު ހުށަހެޅީ ވެރިންގެ ފަސާދައިގެ އަމަލުތައް ފަރުދާކުރަން: ޝާހިދު

13 ނޮވެންބަރު 2024 - 08:16 0

Advertisement

Advertisement

ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދައި، ނޫސްތަކާއި ޓީވީ ޗެނަލްތައް އަދި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ ވެރިންގެ ފަސާދައިގެ އަމަލުތައް ފަރުދާކުރަން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވަން އެޖެންޑާ ކޮށްފައިވާ މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު އެވެ.

Advertisement

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެތައް ބަޔެއްގެ ދަލާއި ލޭ އޮހޮރުވައިގެން ހޯދި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

"އެފަދަ ބިލެއް ހުށަހެޅީ، ވެރީންގެ ނާގާބިލުކަމާއި ފަސާދައިގެ އަމަލުތައް ފަރުދާކުރަން. ކޮންމެ ދުވަހެއްގައި ވެސް ފެނިގެން މިދަނީ ހުދުމުހުތާރުކަމުގެ ސިފަ،" މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

ނޫސްތަކާ ގުޅޭ ބިލުގައި ރައީސް އޮފީހުގެ މައްސަލަ ފުނި ބެލޭނެ ބާރު!

އެ ބިލުގައިވާ ގޮތުން ގާނޫނަށް އަމަލު ކުރަން ފެށުމުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެ ދެ ކޮމިޝަނުން ބަލަމުން އައި މައްސަލައެއް ނުނިމިވާނަމަ އެ މައްސަލައެއް ބަލާނީ އަލަށް އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން.

މި ބިލުގައިވާ ގޮތުން އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ހަދާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ނޫހާއި މަޖައްލާ ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ.

ބްރޯޑްކާސްޓަރެއް ނަމަ ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ މިންވަރަކީ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 10 ޕަސެންޓެވެ. އެއީ މިސާލަކަށް، އެއް މިލިއަން ރުފިޔާގެ އާމްދަނީއެއް ނަމަ 100،000ރ. އެވެ.

ބިލް އޮތް ގޮތުން، މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަންގައި ނިނިމި ހުރި މައްސަލަތައް ވެސް އާ ކޮމިޝަނަށް ބެލޭނެ އެވެ.