8 ނޮވެންބަރު 2024 - 11:09 0
ލީވާން އަލީ ނާސިރު
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެކްސްކޯގެ ބައެއް މެންބަރުން: ޖާނަލިޒަމް އެވޯޑްސްގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި މައްސަލައިގައި އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: އެމްޖޭއޭ
8 ނޮވެންބަރު 2024 - 11:09 0
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑު، އަދަދު ނޫހުގެ ތަހުގީގީ ޑޮކިއުމެންޓަރީ "ސްކީލާން" އަށް ލިބުމާ ގުޅިގެން ހިނގައި ދިޔަ ކަންކަމަކީ "ބާރުވެރި ބައެއްގެ ނުފޫޒުތަކެއްގެ ސަބަބުން ކުރިމަތިވާ ކަންކަންކަމުގައި ބެލުމުގެ ޖާގަ އޮތް ކަމަށް" މޯލްޑިވްސް ޖާނަލިސްޓު އެސޯސީއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
ނޫސްވެރިކަމުގެ އެވޯޑު ދިނުމަށް، އޮކްޓޯބަރު 30، 2024 ގައި ބޭއްވި ހަފުލާގައި، ތަހުގީގީ ނޫސްވެރިކަމުގެ އޯޑިއޯ ވީޑިއޯ ބައިން، ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބުން، ސަރުކާރުގެ ބައެއް ވެރިންނާއި ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުންގެ ފާޑުކިޔުން އަމާޒުވި އެވެ.
އެމްޖޭއޭއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިކަމުގެ އިނާމާ ގުޅިގެން މިހާތަނަށް ހިނގާފައިވާ ކަންކަމުގެ ސަބަބުން މީޑިއާ ކައުންސިލާއި ފަނޑިޔާރުން އަދި އެވޯޑުގެ އިންޓަގްރިޓީ ވަރަށް ބޮޑަށް ގެއްލިފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާންތަކަކީ މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ އާއި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަނޑިޔާރުން ވެސް ވަޒީފާގެ ބިރަށް ނެރެފައިވާ ބަޔާންތަކެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަތަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޖޭއޭއިން ބުނެ އެވެ.
އޭސީސީން ގެންދިޔައީ އެވޯޑުތަކުގެ މާކްސް ޝީޓުތައް
އޭސީސީން މައްސަލަ ބަލަމުން ދަނިކޮށް، މީޑިއާ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ފަނޑިޔާރުން ކުރި ތުހުމަތުތައް ދޮގުކޮށް، މީޑިއާ އެވޯޑުގެ ކަންކަން ގޮސްފައިވަނީ ނުފޫޒެއް ނެތި، އުސޫލާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.
އޭސީސީން ގެންދިޔައީ އެވޯޑުތަކުގެ މާކްސް ޝީޓުތައް
އޭސީސީން މައްސަލަ ބަލަމުން ދަނިކޮށް، މީޑިއާ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ފަނޑިޔާރުން ކުރި ތުހުމަތުތައް ދޮގުކޮށް، މީޑިއާ އެވޯޑުގެ ކަންކަން ގޮސްފައިވަނީ ނުފޫޒެއް ނެތި، އުސޫލާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.
"[އެވޯޑުގެ މައްސަލައަކާ] ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިިން ވަރަށް އަވަސްކޮށް ތަހުގީގެއް ފަށާފައިވާތީ ނޫސްވެރިކަމުގެ އެވޯޑާ މެދު ކުރެވޭ ޝައްކުތައް އިތުރަށް ބޮޑުވެގެންދާތީ މި ޖަމްއިއްޔާއިން ކަންބޮޑުވެ އެވެ. އަދި މިއީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ބާރުވެރި ބައެއްގެ ނުފޫޒުތަކެއްގެ ސަބަބުން ކުރިމަތިވާ ކަންކަންކަމުގައި ބެލުމުގެ ޖާގަ އޮތްކަމުގައި މި ޖަމްއިއްޔާއިންދެކެމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
މިފަހަރުގެ އެވޯޑާ ގުޅިގެން ކަންކަން ހިނގައިދިޔަ ގޮތުން އެ އިރެއްގައި އޮންނަ ސަރުކާރަކަށް ފާޑު ކިޔުން އަމާޒުވާ ފަދަ ގޮތަކަށް ނޫސްވެރިން އުފައްދާ އުފެއްދުންތަކަށް އިންސާފު ކުރުމަށް ހުރަސް އެޅިގެން ދާނެ ކަމަށް އެމްޖޭއޭއިން ދެކެ އެވެ.
ވަކި މީޑިއާއެއްގެ ނަން ނުބުނެ އެމްޖޭއެގެ ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިން ލިޔާ ލިޔުމަކާ ނުވަތަ އުފައްދާ އުފެއްދުމަކާ ގުޅިގެން ނޫސްވެރިޔާއަށް އަމާޒުކޮށް އަގު ވައްޓާލަންކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.
ނޫސްވެރިކަމުގެ އެވޯޑުގެ މާކްސް ޝީީޓާއި ރިޕޯޓު އާންމުކޮށްފި
ފަނޑިޔާރުން ވަނީ މިދިޔަ އަހަރު ދިން ހިޔާލުތައް އެމްއެމްސީން ބަލައިގަނެ ބައެއް ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށާއި ނަމަވެސް އަންނަ އަހަރަށްވެސް ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ފަނޑިޔާރުންގެ ރިޕޯޓުގައި ފާހަގަކޮށްފަ.
ނޫސްވެރިކަމުގެ އެވޯޑުގެ މާކްސް ޝީީޓާއި ރިޕޯޓު އާންމުކޮށްފި
ފަނޑިޔާރުން ވަނީ މިދިޔަ އަހަރު ދިން ހިޔާލުތައް އެމްއެމްސީން ބަލައިގަނެ ބައެއް ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށާއި ނަމަވެސް އަންނަ އަހަރަށްވެސް ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ފަނޑިޔާރުންގެ ރިޕޯޓުގައި ފާހަގަކޮށްފަ.
ނޫސްވެރިކަމުގެ އިނާމުގެ މާކްސް ޝީޓުތައް އާންމު ކުރުމުގެ ސަބަބުން، އެވޯޑާ އަގު ވެއްޓޭ ގޮތަށް ފަނޑިޔާރުން ކޮށްފައިވާ ތުހުމަތުތަކާއި ސަރުކާރުގެ އެކި އޮފިޝަލުން ކުރަމުން އަންނަ ތުހުމަތުތަކުގެ ހަގީގަތް ހާމަވެފައިވާ ކަމަށް ވެސް އެމްޖޭއޭއިން ބުނެފައިވެ އެވެ.
83.33%
16.67%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment