about 2 hours 0
މުހައްމަދު ޝަހްޒާން
ރާއްޖޭގެ ފިހާރަތަކުން މިވަގުތު ސިނގިރޭޓު ފޮށްޓެއް ލިބެން ހުރީ 250ރ. އާއި 240ރ. އާ ދެމެދުގެ އަގެއްގައި -- އާޓްވޯކް: އިސްމާއިލް އިމްދާދު
about 2 hours 0
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނު ބަދަލުކުރުމާ އެކު ސިނގިރޭޓު ފޮށްޓެއްގެ އަގު 250ރ. އަށް މިއަދު އަރައިފި އެވެ.
ރާއްޖޭގެ ފިހާރަތަކުން މިވަގުތު ސިނގިރޭޓު ފޮށްޓެއް ލިބެން ހުރީ 250ރ. އާއި 240ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ސިނގިރޭޓު އެތެރެކޮށް ވިއްކާ ރޫޓު ފިހާރައިން މީގެ ކުރިން 995ރ. އަށް ވިއްކަމުން އައި ސިނގިރޭޓު ކާޓަނެއްގެ އަގު މިހާރު ހުރީ 2240ރ. އަށެވެ.
ވޭޕާއި އިލެކްޓްރިކް ސިނގިރޭޓު އަދި ދުންފަތުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ހުކުރު ދުވަހެވެ.
އެ ބިލުން ގެނައި ބަދަލުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8ރ. އަށް ވަނީ ބޮޑުވެފަ އެވެ.
އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8ރ. އަށް ވަނީ ބޮޑުވެފަ އެވެ.
ސަރުކާރުން ގެނައި މި ބަދަލުތަކާ އެކު މި އަހަރު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މި އަންނަ އަހަރު ދައުލަތަށް ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން ވެސް އާމްދަނީގެ ގޮތުގައި 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ނުވަތަ އިސްލާހު ކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މިމަހުގެ 30 ވަނަ ދުވަހުގެ ތެރޭގައި ހަދައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment