Advertisement

ސިމިއޯނީ އަށް ވުރެ ކުރިން އެންރީކޭ އަށް އެތުލެޓިކޯގެ އޮފާ ލިބުނު

about 3 hours 0


ސިމިއޯނީ އަށް ވުރެ ކުރިން އެންރީކޭ އަށް އެތުލެޓިކޯގެ އޮފާ ލިބުނު

about 3 hours 0

ޕެރިސް (ނޮވެމްބަރު 6) - އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް ވުރެން ކުރިން އެ ޓީމާ ހަވާލުވާން ލުއިސް އެންރީކޭ އަށް އޮފާ ލިބުނު ކަމަށް އޭނާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ، 2011 ވަނަ އަހަރު އޭނާ އަށް އެތުލެޓިކޯގެ ކޯޗުކަމާ ހަވާލުވާން ހުށަހެޅުމެއް ލިބުނު ކަމަށެވެ.

އެކަމަކު، އޭރު އޭނާ އޮތީ އެެހެން ޓީމަކަށް އަނގަބަހުން ހަވާލުވާނެ ކަމަށް ބުނެ، ޖަވާބުދީފައި ކަމަށާއި، ހަގީގަތުގައި އެހެން ކަންތައް ދިމާވީ އެތުލެޓިކޯ އަށް ރަނގަޅަކަށް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

"އެއީ، އަހަންނަކަށް ޔަގީންކަމެއް ނެތް، ސިމިއޯނީ އެ މަސައްކަތް ކުރިހާ ދުވަހުގެ ދެބައިކުޅަ އެއްބައިގައި ވެސް އެތުލެޓިކޯގައި މަސައްކަތް ކުރެވޭނެ ކަމުގެ، އެތުލެޓިކޯ ދެކެ އެހާ ލޯބިވާނެ. އެހާ ހަކަތަ ހުންނާނެ، ސިމިއޯނީ ވަރުގެ ކޯޗެއް ނުލިބޭނެ،" ސެލްޓަ ވީގޯ، ރޯމާ އަދި ބާސެލޯނާ އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.

ސިމިއޯނީ، އެތުލެޓިކޯއާ ހަވާލުވީ، 2011 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ ޓީމާ އެކު، ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކެއްކޮށް، އަށް ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ސްޕެނިޝް ލީގު ދެ ފަހަރާއި ޔޫރޮޕާ ލީގު ދެ ފަހަރުގެ އިތުރުން، ޔުއެފާ ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ބަލިވެފައިވެ އެވެ.

ސްޕެއިން ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން އެންރީކޭ ބުނީ، ސިމިއޯނީއާ ދެކޮޅަށް ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ވެސް ނުކުމެފައިވާނެ ކަމަށާއި ކޮންމެ ފަހަރަކު ވެސް އެެއީ، "ޗެލެންޖެއް" ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޕީއެސްޖީ އޮތީ ލީގު ބުރުގެ 23 ވަނައިގަ އެވެ. އެތުލެޓިކޯ 28 ވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.