5 ނޮވެންބަރު 2024 - 04:00 2
ލީވާން އަލީ ނާސިރު
11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ލިބުނު ނޫސްވެރިން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އެމްއެމްސީ
5 ނޮވެންބަރު 2024 - 04:00 2
މިދިޔަ ހަފުތާގެ ބުދަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ނޫސްވެރިކަމުގެ އިނާމާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން، މޯލްޑިވްސް މީޑިއާ ކައުންސިލަށް އިއްޔެ ވަދެ، ގެންދިޔައީ އެވޯޑުތަކަށް ހުށަހެޅި ކޮންޓެންޓުތަކަށް މާކްސް ދިން ގޮތުގެ ލިޔުންތައް ކަމަށް އަދަދު ނޫހަށް އެނގިއްޖެ އެވެ.
މި މައްސަލަ ބަލާކަން ފިޔަވައި އެހެން މައުލޫމާތެއް އޭސީސީން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެވޯޑުތަކުގެ މާކްސް ކަރުދާސްތައް ގެންދިޔަކަން، މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ކަށަވަރުކޮށް ދިނެވެ.
ނޫސްވެރިކަމުގެ އެވޯޑާ ގުޅޭ މައްސަލައެއް އޭސީސީ މައްސަލަ ހުށަހެޅީ، އަދި ވަގުތުން އެކަން ބެލަން ފަށައި، އެމްއެމްސީއަށް ވަދެ ލިޔުންތައް ގެންދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކޮށްލި ގޮތާއި އޭނާކުރި ތުހުމަތުތަކުގެ މައްޗަށް "އަދަދު" ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ތަހުގީގީ ދާއިރާގެ އޯޑިއޯ ވީޑިއޯ ކެޓެގަރީން އެވޯޑު ދިނުމުން ސަރުކާރަށް ތާއިދުކުރާ ބައެއް މީހުން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.
އޭސީސީގެ މީޑިއާ އޮފިސަރު، ހަސަން މަނިކު އިއްޔެ "އަދަދު" އަށް ވިދާޅުވީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އަދި ބަލަމުން ދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ހާމަ ނުކުރެވޭނެ ކަމަށެވެ.
"ސްޕެސިފިކް ވަކި އެވޯޑެކޭ އަޅުގަނޑުމެންނަށް މިވަގުތު ދަންނަވަން ވަރަށް ދަތި އެކަމަކު އެ ހުށަހަޅާފައި އޮތް މައްސަލައަށް ބަލާއިރު ބޮޑަށް މި އޮންނަނީ އެވޯޑެއް ޕްރޮސެސްކޮށް، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިނގާފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެވޯޑާ ގުޅިގެން ފަނޑިޔާރުން ނެރުނު ބަޔާން އެމްއެމްސީން ދޮގުކޮށްފި
ޖުމުލަ 11 ނުކުތާއެއް ފާހަގަކޮށް ނެރެފައިވާ އެ ބަޔާނުގައި މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އެވޯޑާ ގުޅިގެން ފަނޑިޔާރުން ނެރުނު ބަޔާން އެމްއެމްސީން ދޮގުކޮށްފި
ޖުމުލަ 11 ނުކުތާއެއް ފާހަގަކޮށް ނެރެފައިވާ އެ ބަޔާނުގައި މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އޭސީސީން މައްސަލަ ބަލަމުން ދަނިކޮށް، މީޑިއާ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ފަނޑިޔާރުން ކުރި ތުހުމަތުތައް ދޮގުކޮށް، މީޑިއާ އެވޯޑުގެ ކަންކަން ގޮސްފައިވަނީ ނުފޫޒެއް ނެތި، އުސޫލާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.
66.67%
33.33%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވާނުވާ
4 months ago
އޭސީސީގެ މަސައްަކަތް ރަނގަޅުކަން އެނގޭނީ ރިޕޯޓު ނެރުނީމަ. އަދަދުނޫހުން ދިފާއުކުރާނެތާ؟ އެބަޔަކު ލިޔާނެއެއްޗެއް ލިޔެވޭނެވެސްތާ؟ އެވޯޑަކީ އަތުވެސްލެވޭނެ އެއްޗެއްތާ؟ ރަނގަޅަށް ނުދެވެންޏާ އަތުލާންވެސް ޖެހޭނެ. ދުނިޔޭގަ ދޭ އެވޯޑުތައްވެސް އަތުލާފަ އެބަހުރި. މިވެސް ދުނިޔޭގައޮތް ގައުމެއްވިއްޔާ
ސައިޚް
4 months ago
ވޭތުވި 5 އަހަރު ތެރޭ ކުރެވުނު ހަމަ އެކަނި މަސައްކަތް ވަރަށް ރަނގަޅު، އެ.ސީ.ސީ. އަށް ސާބަސް،
Comment