Advertisement

އެސްޕަޔާ އިން 16 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ޓްރަޔަލެއް

5 ނޮވެންބަރު 2024 - 07:47 0


އެސްޕަޔާ އިން 16 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ޓްރަޔަލެއް

5 ނޮވެންބަރު 2024 - 07:47 0

އެސްޕަޔާ ފުޓްބޯލް އެެކެޑަމީން 16 އަހަރުން ދަށުގެ ޓީމެއް އެކުލަވާލުމުގެ ގޮތުން ހާއްސަ ޓްރަޔަލްތަކެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

އެސްޕަޔާ އިން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 2008 އާއި 2009 ވަނަ އަހަރު އުފަންވެފައިވާ، 15 އަހަރާއި 16 އަހަރުގެ ކުޅުންތެރިންނަށް ހާއްސަ ޓްރަޔަލްތަކެއް މި މަހު 6 އާއި 7 ވަނަ ދުވަހު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން މި މަހު 6 (މާދަމާ) ޓްރަޔަލް ކުރިއަށްގެންދާނީ، 16:00 އިން 18:00 އަށް ޓާފް އެއް ނަމްބަރު ދަނޑުގަ އެވެ. އަދި ހަތް ވަނަ ދުވަހު ޓްރަޔަލް ޝެޑިއުލްކުރެވިފައިވާ ވަގުތަކީ، 19:00 އިން 21:00 އަށް ކަމަށް އެސްޕަޔާ އިން ވަނީ މައުލޫމާތު ދީފަ އެވެ.


މި ވަގުތު އެންމެ ވަރުގަދަ އަށް ފުޓްބޯޅައިގެ އެކެޑަމީ މަސައްކަތް ކުރަމުން އަންނަ އެސްޕަޔާ އިން ވަނީ މަޝްހޫރު އަދި އަރަމުން އަންނަ ގިނަ ކޯޗުންނާ އެކު އެއްބަސްވުންތަކެއް ހަދައިފަ އެވެ. ރާއްޖޭގެ ޔޫތު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ކްލަބް އީގަލްސްގެ އެކެޑަމީގެ ކަންކަން ކުރިއަށްގެންދަނީ އެސްޕަޔާއާ ގުޅިގެންނެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފުޓްބޯލް ޑިވަލޮޕްމެންޓް ޕާޓްނަރަކަށް ވެސް މަސައްކަތް ކުރަމުން އަންނަ އެސްޕަޔާ އަކީ އެހެން ސްކޫލްތަކާ އެކު ވެސް ފުޓްބޯޅައިގެ އެކި މަސައްކަތްތައް ކުރަމުން އަންނަ އެކެެޑަމީ އެކެވެ.

އެސްޕަޔާގެ ޕްލޭން ހެދުމުގައި މަސައްކަތް ކުރަނީ، އެ އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި ހުރި، އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު، ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) އެވެ.