3 ނޮވެންބަރު 2024 - 01:41 1
ލީވާން އަލީ ނާސިރު
3 ނޮވެންބަރު 2024 - 01:41 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއްކަމުގައިވާ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިޓުކޮށް ޑީޕޯޓުކޮށްލި ގޮތާއި އޭނާކުރި ތުހުމަތުތަކުގެ މައްޗަށް އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑު އަތުލުމާމެދު މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮތެއް ނިންމުމަށް އެ ކައުންސިލުން އިއްޔެ ފާސްކުރި އެވެ.
އެމްއެމްސީން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމާ ގުޅޭ ގޮތުން އެ ކައުންސިލުން ފުރަތަމަ ނެރުނު ބަޔާން ބަދަލުކޮށް، ދެވަނައަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތަހުގީގީ ދާއިރާގެ އޯޑިއޯ ވީޑިއޯ ކެޓަގަރީއަށް ދެވިފައިވާ އިނާމާމެދު ގޮތެއް ނިންމުމަށް މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
މި އެވޯޑު އަތުލުމާމެދު އެމްއެމްސީން ގޮތެއް ނިންމުމުގެ މަސައްކަތް ފެށީ އެކަމަށް ސަރުކާރުގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ވެސް ގޮވާލައިފައި ވަނިކޮށެވެ.
ސްކީލާން ޑޮކިއުމެންޓަރީއާ ގުޅޭ ގޮތުން ފަނޑިޔާރުން ވެސް ބަޔާނެއް ނެރުނީ އެ ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބިގެން ސަރުކާރަށް ސަޕޯޓުކުރާ ފަރާތްތަކުން މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މިއީ މީޑިއާ ކައުންސިލްގެ ތާރީހުގައި ވެސް އެވޯޑަކާމެދު ފަނޑިޔާރުން ކަން ކުރި ގޮތެއް ނޫނެވެ.
ފަނޑިޔާރުންގެ ބަޔާނުގައި ބުނެފައި ވަނީ ސެޕްޓެމްބަރު 28، 2023 ގައި މީޑިއާ ކައުންސިލުން އިލްތިމާސްއެއްގެ ގޮތުގައި ނެރުނު ބަޔާނަކީ ސްކީލާން ޑޮކިއުމެންޓަރީއަކީ މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްކަން ފާހަގަވެގެން ނެރުނު ބަޔާނެއް ކަމަށެވެ.
ނަމަވެސް އެ ބަޔާނަކީ ވަކި މީޑިއާއަކަށް އަމާޒުކުރުމުގެ ބަދަލުގައި މުޅި މީޑިއާއަށް ކޮށްފައި އޮތް އިލްތިމާސްއެކެވެ. އެއްވެސް މީޑިއާއެއްގެ ނަމެއް އެ ބަޔާނުގައި ނެތެވެ. އަދި އެ ބަޔާނުގެ ކުރިން ވެސް، އަދި އެ ބަޔާނުގެ ފަހުން ވެސް މީޑިއާ ކައުންސިލުން ސްކީލާން ޑޮކިއުމެންޓަރީއާ އަދި އަދަދު ނޫހާ ގުޅޭ އެއްވެސް ކޮންޓެންޓެއް މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފުކަން އަންގާފައެއް ނުވެ އެވެ.
ސްކީލާން ޑޮކިއުމެންޓަރީއަށް އެވޯޑު ލިބުމުން، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފާޑުކިޔަން ފެށިފަހުން އެމްއެމްސީ އަދި ފަނޑިޔާރުންގެ ނިންމުން އަމިއްލަ އަށް ގޯސްކޮށްފައި ބަޔާން ނެރުމާއި، އެވޯޑު އަތުލުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ފާސްކުރުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ނޫސްވެރިކަމުގެ އިނާމާ މެދު ކުރާ ތުހުމަތުތައް އެމްއެމްސީން ބަލަނީ
އެމްއެމްސީން ކޮން ތުހުމަތުތަކެއްކަން ހާމަނުކުރި ނަމަވެސް ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ (ވީޑިއޯ) އިން އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް އިނާމު ލިބުމާ ގުޅިގެން އެމްއެމްސީއަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުތަކެއް އަމާޒުކުރި

ބަޔާން ނެރުމުން އެމްއެމްސީގެ ކޮމިޓީން މޫސަ އިސްތިއުފާ ދީފި
"ނަމަވެސް ނޮވެމްބަރު 1، 2024 ގައި ކައުންސިލުން ނެރެފައިވާ ބަޔާނަކީ އެ ކޮމިޓީގެ މަޝްވަރާއެއް ނެތި އަދި އަޅުގަނޑު ހިމެނޭ ގޮތަށް ކޮމިޓީގެ ބައެއް މެންބަރުންނަށް އެނގުމަކާ ނުލާ ނެރެފައިވާ ބަޔާނެއް."

އެލައިޑް އަދި ސޮލަރެލްއިން ކޭޝްލެސް ހިދުމަތް މެދުކަނޑާލައިފި
ކޭޝްލެސް ހިދުމަތް މެދުކަނޑާލުމާ އެކު އެލައިޑް އަދި ސޮލަރެލްއިން ހިދުމަތް ހޯދާ ފަރާތްތަކުން ދެން ޖެހޭނީ ޑޮކްޓަރަށް ދައްކާއިރު އަމިއްލަ ޖީބު ފައިސާ ދެއްކުމަށްފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އިންޝުއަރެންސް ކުންފުންޏަށް ހުށަހަޅަން.

ހުށަހެޅީ ޓެކްސް ބޮޑު، ހަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް: ފައްޔާޒު
މުސާރައިގެ ތަފްސީލުތަކާއި، މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށާއި މިއީ ސަރުކާރުގެ ސިއްރުވެރި ސިޔާސަތަށް އިތުރުވާ ބޮޅެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވި. އަދި، މިއީ މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވަން އެޅޭނެ ހުރަހެއް ކަމަށްވެސް ވިދާޅުވި.

އާސަންދައިން ގެނައި ބަދަލާއެކު ކައުންޓަރުގެ ހިދުމަތް ލަސްވާނެ
"އަޅުގަނޑުމެން ވެސް އިންޝުއަރެންސް ކުންފުނިތަކަށް ބިލް މި ކުރަނީ ސޮފްޓްވެެއާއެއް މެދުވެރިކޮށް. ކުއްލި ބަދަލެއް ވީމަ މެނުއަލީ ސްޓެޕްތަކެއް އޭގެ ތެރެެއަށް މިހާރު އައިމަ ހިދުމަތް ހޯދަން އަންނަ ފަރާތްތައް ކައުންޓަރު ދޮށުގައި ހޭދަ ކުރާ ވަގުތު ދިގުވެދާނެތީ ކަންބޮޑުވުންތަކެއް އެބަ އޮތް،

ގާނޫނާ އެއްގޮތަށް ކައުންސިލްތަކަށް ބަޖެޓު ލިބޭނެ: ރައީސް
މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް. އެ ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައި ވަނީ 34 ބިލިއަން ރުފިޔާ. އޭގެ ފަސް ޕަސެންޓަކީ 1.7 ބިލިއަން ރުފިޔާ. އެކަމަކު ކައުންސިލްތަކަށް ދިނުމަށް ޖަހާފައި ވަނީ އެއަށް ވުރެ މަދުން އެންމެ 1.4 ބިލިއަން.

ބަޖެޓު 2025: މުލީއާގެއަށް 29 މިލިއަން، ހިލާލީގެއަށް 9.8 މިލިއަން
ރައީސްގެ ރަސްމީ ގެ މުލީއާގެ އާއި ނައިބު ރައީސްގެ ރަސްމީ ގެ ހިލާލީގެ އަދި މަޖިލީހުގެ ރައީސްގެ ރަސްމީ ގެ މުރައިދޫއަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޖުމްލަ 44 މިލިއަން ހިމަނާފައިވޭ. މި އަހަރުގެ ބަޖެޓުގައި މި ތިން ގެއަށް ޖެހީ 40.9 މިލިއަން ރުފިޔާ.

ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުން ޑިމޮކްރެޓުން ކުށްވެރިކޮށްފި
ދައުލަތުގެ ބަޖެޓުގެ ޖުމުލަ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓު ކައުންސިލުތަކަށް ދޭންވާނެ ކަމަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް ބްލޮކް ގުރާންޓުން ބޮޑު މިންވަރެއް އުނިކުރުން ކުށްވެރި ކުރާ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.

ރާއްޖެ އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން
ކަސްޓަމްސް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ އޮކްޓޯބަރު 31 ގައި ކަމަށް. މީގެތެރޭގައި ހިމެނެނީ 5520 ގުރާމުގެ ކެނެބިސް އަދި 416 ގުރާމުގެ ކެތިނޯން.

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އަރުވަނީ
މޫސާ އަލީ ޖަލީލުއަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ދޭން ނިންމެވީ 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން.

ދެ ގަރުނުވީ ރީތި ގަހަށް ގެއްލުންވާ ގޮތަށް ކެފޭއެއް ހަދަނީ
މި ނޫހުން މިއަދު ގޮސް ބެލިއިރު، އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނިން ވަނީ ރީތި ގަސް ބުޑަށް ދަގަނޑުތަކެއް ޖަހައިފަ. ގަސް ވަށައިގެން އެ ދަގަނޑުތައް ޖަހާފައި ހުރި.

0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment