2 ނޮވެންބަރު 2024 - 08:16 4
ދެ ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ ރީތި ގަސް ކައިރިއަށް ދަގަނޑުތަކެއް ޖަހާފައި: އެތަނުގައި ކެފޭއެއް ހަދަން ކުއްޔަށް ދިނީ މާލެ ސިޓީ ކައުންސިލުން ފާސް ކުރުމެއް ނެތި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
2 ނޮވެންބަރު 2024 - 08:16 4
ހިތްފަސޭހަކޮށްލަން ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ، މިއުޒިއަމް ކުރިމަތީގައި އޮންނަ ކުޑަ ހިއްތަން މައިޒާނުގައި ހުންނަ، ހިމާޔަތްކޮށްފައިވާ ރީތި ގަހަށް ގެއްލުންވާ ގޮތަށް ފުޑް ކިއޯސްކެއް ހަދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހުއްދަ ނުހޯދައި އެ މަސައްކަތް ކުރިއަށްގެންދާތީ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މިހާރު އެ މަސައްކަތް ހުއްޓުވައިފަ އެވެ. އެ މަސައްކަތް ކުރިއަށް ނުގެންދަން މާލޭ ސިޓީ ކައުންސިލުން ވެސް އަންގާފައިވާކަން އެނގިފައިވެ އެވެ.
"އަދަދު" އިން މިއަދު ގޮސް ބެލިއިރު، އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނިން ވަނީ ރީތި ގަސް ބުޑަށް ދަގަނޑުތަކެއް ޖަހައިފަ އެވެ. ގަސް ވަށައިގެން އެ ދަގަނޑުތައް ޖަހާފައި ހުއްޓެވެ.
ރީތި ގަސް ކައިރިއަށް ދަގަނޑެއް ޖަހާފައި: އެ ތަން ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ހިއްތަން މައިޒާނުގައި ކެފޭއެއް ހަދަން ހަވާލު ކުރީ މާލޭ ސިޓީ ކައުންސިލުންނެވެ. އެ ތަނުގައި ކެފޭއެއް އަޅަން ހަވާލު ކުރީ ކައުންސިލުން ފާސް ކުރުމެއް ނެތި އެވެ.
އެތަނުގައި ފުޑް ކިއޯސްކެއް ހަދަން ކެފޭއެއް ހަދަން ދީފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް އެތަން ކުއްޔަށް ދިން އަގެއް ނޭނގެ އެވެ.
ގަހަށް ގެއްލުންވެދާނެ ގޮތަކަށް އަދި އެ ހިސާބުގެ މާހައުލު ބަދަލުވާ ގޮތަށް ކެފޭއެއް ހަދަން ކުއްޔަށް ދިނުމުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އެއީ ވަރަށް މުސްކުޅި ގަހެއް. އެހާ ރީތި، ބޮޑު ގަހެއް ހަލާކުކޮށްލައިގެން ނުވާނެ. އަދި މުއިޒިއަމް ގެ ވިއު ގެއްލޭ ގޮތަށް އެތަނުގައި ކެފޭއެއް ހެދުމަކީ ވެސް ރަނގަޅު ކަމެއް ނޫން. މިފަދަ ޕްރޮޖެކްޓުތައް ކުރިއަށްގެންދާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދުން ވަރަށް މުހިންމު،" މި ނޫހާ ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވި އެވެ.
25.00%
25.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުލޭ
4 months ago
"ރީތި ގަސް" ތިކަޔަނީ އެއީ ގަހުގެ ނަންތަ! ނުވަތަ ގަސް ރީތި ވެގެން ރީތި ގަސް ކިޔަނީތަ! އެ ގަހަކީ ރީތި ގަހެއް ނޫން. ގަސް ވެސް ރީއްޗެއްނޫން.
އަހުމަދުމއަލާ
4 months ago
ކެފޭ ނެތިގެންތޯ މާލޭގައި މިއުޅެނީ..ރައްޔިތުންނަށް ފައި އަޅާލަން ތަންކޮޅެއް އޮތިއްޔާ ކޮންމެވެސްަ ވިޔަފާރިއަކަށް އެތަނެއް މިއޮތްނަނީ ދީފައި..އެކަމަކު މިއީ ރައްޔިތުންގެ ސަރުކާރު އަދި ކައުންސިލް..
މޮހޮ
4 months ago
މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހަލާކުކުރަން ފަށާފަ މިހާރު މިތަންވެސް. މިއީ މާލެގަ އިށީދެލަން ހުރި މަދު ތަނެއްގެ ތެރެއިން އެއްތަން. ޗާނދަނީ މަގުގަ ހުރި ހަމައެކަނި ތަން. މިތަން ބައްދައިގެން އާންމުންނަށް ނޭގޭ ގޮތަށް މީދޯ މިގަންނަ ގަނޑަކީ. މާލޭ ސިޓީކައުންސިލުންކުރާ ވިޔާނުދާ ކަންކަން ސަރުކާރުން ނުހުއްޓުވަނީ ކީއްވެތަ؟
ހިމާރުލްގައުމު
4 months ago
ގަހެއް ފަޅެއް ފަރެއް ތުނޑިއެއް އެއްވެސް އާސާރެއް ނޯންނާނެ. ރުފިޔާ ފައިސާ ލިބެނިކޮށް އޯކޭ. މާދަން އާދަން ނަސީރާ، އާޒިމާ ނުކުމެ އިއުލާނު ކުރާނެ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ކެފޭ ނުހަދާ ގޮތަށް ނިންމައިފީމޭ. ވަޔެއް ބޭރު ކޮށްލަނީވެސް ސީދާ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ވިއްޔަ މިހާރު.
Comment