Advertisement

ރަންނަމާރި ޗެލެންޖް ކާމިޔާބުކުރީ ހޫބްސް

1 ނޮވެންބަރު 2024 - 21:07 0

އަތޫފް އާތިފް

އަތޫފް އާތިފް


ރަންނަމާރި ޗެލެންޖް ކާމިޔާބުކުރީ ހޫބްސް

1 ނޮވެންބަރު 2024 - 21:07 0

ދިވެހި ސާފް ލީގުގެ ފަހު މުބާރާތް, ރަންނަމާރި ޗެލެންޖް 1446 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޫދު އަހުމަދު (ހޫބްސް) ހޯދައިފި އެވެ.

މި މުބާރާތުގައި މިއަދު ކުރިއަށްދިޔައީ ސެމީ ފައިނަލް އާއި ފައިނަލްގެ ހީޓުތަކެވެ.

ސެމީ ފައިނަލް ފުރަތަމަ ހީޓުގައި ކަޔާން އަބްދުالله އަރީފް ނުކުތީ އޭނާގެ ބައްޕަ އަބްދުالله އަރީފްއާ ދެކޮޅަށެވެ. މި ހީޓު ކަޔާން ކާމިޔާބުކުރީ އެންމެ މަތިން ސްކޯކުރި 5.50 އަދި 3.70 ސްކޯކޮށްގެންނެވެ. އެއީ ޖުމްލަ 9.20 ގެ ސްކޯއެކެވެ. މި ހީޓުގައި ފުކޫ އަށް ސްކޯކުރެވުނީ, 6.75 ގެ ސްކޯއެކެވެ. ފުކޫ އެންމެ މަތިން ސްކޯކުރި ދެ ރާޅުން ލިބުނީ 2.50 އަދި 4.25 ގެ ސްކޯއެކެވެ.

ސެމީ ފައިނަލް ދެވަނަ ހީޓުގައި ހޫބްސް ނުކުތީ, އަހުމަދު އާގިލް (އައްމަޑޭ) އާ ދެކޮޅަށެވެ. މި ހީޓު ހޫބްސް ކާމިޔާބުކުރީ 1 ޕޮއިންޓް ތަފާތުންނެވެ. ހޫބްސް އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 7.00 އަދި 7.75 ސްކޯކޮށްފަ އެވެ. އެއީ ޖުމްލަ 14.75 ގެ ސްކޯއެކެވެ. މި ހީޓުގައި އައްމަޑޭ އެންމެ މަތިން ސްކޯކުރި ދެ ރާޅުން ހޯދުނީ 5.50 އަދި 8.25 ގެ ސްކޯއެކެވެ. އެއީ ޖުމްލަ 13.75 އެވެ.

ފައިނަލުގައި ހޫބްސް ކަޔާންގެ މައްޗަށް ކުރިހޯދީ 1.2 އިތުރަށް ސްކޯކޮށްގެންނެވެ. ހޫބްސް އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 5.00 އަދި 6.25 ސްކޯކޮށްފަ އެވެ. އެއީ ޖުމްލަ 11.25 ގެ ސްކޯ އެކެވެ. ފައިނަލް ހީޓުގައި ކަޔާން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 4.80 އަދި 5.25 ސްކޯކޮށްފަ އެވެ.

މީގެ އިތުރުން، މިއަދު ކުރިއަށްދިޔަ މަރުހަބާ ކަޕްގެ ޗެމްޕިއަންކަން ހޯދީ ކ. މާލެ އިންނެވެ. އެއީ ފައިނަލުގައި ރ. ރަސްމާދޫއާ ވާދަކޮށެވެ. ފައިނަލުގައި ކ. މާލެ އިން ޖުމްލަ 27.26 ސްކޯކުރިއިރު, ރަސްމާދޫ ޓީމަށް ސްކޯކުރެވުނީ 25.89 އެވެ.

ފައިނަލް ހީޓުތަކަށް ފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.