Advertisement

ފުކޫގެ ދެބަފައިން ސެމީ އަށް، އައްމަޑޭއާ ދެކޮޅަށް ހޫބްސް

1 ނޮވެންބަރު 2024 - 06:07 0

އަތޫފް އާތިފް

އަތޫފް އާތިފް


ފުކޫގެ ދެބަފައިން ސެމީ އަށް، އައްމަޑޭއާ ދެކޮޅަށް ހޫބްސް

1 ނޮވެންބަރު 2024 - 06:07 0

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ރަންނަމާރި ޗެލެންޖް 1446 ގެ މެންސް އޯޕަން ކެޓަގަރީގެ ސެމީ ފައިނަލުގައި އަބްދުالله އަރީފް (ފުކޫ) އާއި ފުކޫގެ ދަރިފުޅު ކަޔާން އަބްދުالله އަރީފް އެއް ހީޓެއްގައި ވާދަކުރަން ޖެހުނުއިރު, ސެމީ ފައިނަލް ހީޓު ދޭއްގައި, އަހުމަދު އާގިލް (އައްމަޑޭ) އާއި ހޫދު އަހުމަދު (ހޫބްސް) ވާދަކުރަން ޖެހިއްޖެ އެވެ.

އިއްޔެ ކުރިއަށްދިޔަ ކުއާޓާ ފައިނަލް ހީޓުތަކުން ކުރި ހޯދި ހަތަރު އެތުލީޓުން މިއަދު ކުރިއަށްދާ ސެމީ ފައިނަލް އަދި ފައިނަލް ހީޓުގައި ވާދަކުރާނެ އެވެ.

ކުއާޓާ ފައިނަލް ފުރތަމަ ހީޓުގައި ކަޔާން ވާދަކުރީ ޔަސީން އަހުމަދު ނާޝިދުއާ އެވެ. މި ހީޓުގައި ކަޔާން އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 7.00 އަދި 5.70 ސްކޯކޮށް ޖުމްލަ 12.70 ސްކޯކޮށްފަ އެވެ. މި ހީޓުގައި ޔަސީން އަށް އޭނާގެ އެންމެ މަތީ ދެ ރާޅުން ސްކޯކުރެވުނީ, 5.75 އަދި 4.00 އެވެ.

ކުއާޓާގެ ދެވަނަ ހީޓުން ފުކޫ ކުރިހޯދީ ނަޖާހް އަހުމަދާ ވާދަކޮށް 0.4 ޕޮއިންޓުން ކުރިހޯދައިގެންނެވެ. ފުކޫ އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 4.25 އަދި 3.30 ސްކޯކޮށްފަ އެވެ. އެއީ ޖުމްލަ 7.55 ގެ ސްކޯއެކެވެ. މި ހީޓުގައި ނަޖާހް އަށް ސްކޯކުރެވުނީ, 7.15 އެވެ.

ސެމީ ފައިނަލަށް އައްމަޑޭ ދަތުރުކުރީ ކުއާޓާގެ ހީޓް ތިނެއްގައި, މުހައްމަދު އިނާން އަބްދުލް ހަންނާންއާ ވާދަކޮށްގެން 3.5 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. އައްމަޑޭ އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 6.00 އަދި 5.25 ސްކޯކޮށްފަ އެވެ. އެއީ ޖުމްލަ 11.25 ގެ ސްކޯއެކެވެ. އިނާން އަށް ސްކޯކުރެވުނީ 7.75 ގެ ސްކޯއެކެވެ.

ސެމީ ފައިނަލަށް ހޫބްސް ދަތުރުކުރީ, އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ކުއާޓާ ފައިނަލުގެ ފަހު ހީޓުގައި ވާދަކޮށް ބަލިކޮށްގެންނެވެ.

ކުއާޓާގެ ހީޓުގައި ހޫބްސް އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 5.00 އަދި 7.50 ސްކޯކޮށްފަ އެވެ. އެއީ ޖުމްލަ 12.50 އެވެ. ކުޑަ އިއްސެ އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ އަށް ސްކޯކުރެވުނީ 10.00 އެވެ.