Advertisement

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ ދުވަސް ފަސްކޮށްފި

1 ނޮވެންބަރު 2024 - 21:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ ދުވަސް ވަނީ ފަސްކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ ދުވަސް ފަސްކޮށްފި

1 ނޮވެންބަރު 2024 - 21:21 0

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާ ތާރީހު ނޮވެމްބަރު 23، ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.

ޕީއެންސީން ބުނީ ކުރިން ކަނޑައެޅި ގޮތަށް ނޮވެމްބަރު 9، ގައި އިންތިހާބު ނުބޭއްވީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11، އާ ގުޅިގެން ނޮވެމްބަރު، 10 ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތަށް ކަނޑައެޅުމުން، ނޮވެމްބަރު 9، ގައި އިންތިހާބު ބާއްވައިފިނަމަ ދަތިތައް ކުރިމަތިވެދާނެތީ ކަމަށެވެ.

"އެ ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވުމާ އެކު ނޮވެމްބަރު 9، ވާ ހޮނިހިރު ދުވަހު ވޯޓު ލުމުގައި މެންބަރުންނަށް ތަކުލީފު ކުރިމަތިވެދާނެތީ، ވޯޓު ނަގާ ތާރީހު އެހެން ތާރީހަކަށް ބަދަލުކޮށްދިނުމަށް އެދި ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެދުނު،" ޕީއެންސީން ބުންޏެވެ.

ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ތާރީހު ބަދަލުވުމާ ގުޅިގެން، އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓު ލެވޭ މީހުންގެ ލިސްޓު ނޮވެމްބަރު 10، ވާ އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ރާއްޖޭގެ އެކި އަތޮޅުތަކުން ޖުމްލަ 2،095 މެންބަރުން އެކި މަގާމުތަކަށް އައްޔަނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބުގައި ދާއިރާގެ ރައީސުންގެ ގޮތުގައި އިންތިހާބުކުރާނީ ޕީއެންސީގެ މަޖިލިސް މެންބަރުން ނުހިމެނޭ ދާއިރާތަކަށެވެ. އަދި އެ ދާއިރާތަކަށް އިންތިހާބުކުރާނީ ނައިބުރައީސުންނެވެ.