Advertisement

ރައީސްގެ ހާއްސަ ދައުވަތަކަށް ހުރިހާ މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް

ރައީސް ދިރިއުޅުއްވާ ގެކޮޅު، މުލިއާގެ: އެ ގެއަށް ވަދެވަޑައިގަތުމުގެ ކުރިން ބައެއް ބޭފުޅުން "އަދަދު" އަށް ވިދާޅުވީ މުލިއާގެއަށް ވަޑައިގަތީ ރައީސް ދެއްވާ ފަރިއްކޮޅަކަށް ކަމަށް -- ފޮޓޯ: އަދަދު ފައިލް


ރައީސްގެ ހާއްސަ ދައުވަތަކަށް ހުރިހާ މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް ވަޑައިގެންފި އެވެ.

މުލިއާގެއަށް ވަދެވަޑައިގަތުމުގެ ކުރިން ބައެއް ބޭފުޅުން "އަދަދު" އަށް ވިދާޅުވީ މުލިއާގެއަށް ވަޑައިގަތީ ރައީސް ދެއްވާ ފަރިއްކޮޅަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ދެއްވާ ފަރިއްކޮޅެއް ކަމެއް އެ ބޭފުޅުން ވިދާޅެއް ނުވެ އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕީއެންސީގެ މެންބަރުންނާ ރައީސް މުއިއްޒު މިގޮތަށް ބައްދަލު ކުރައްވާ ދެވަނަ ފަހަރެވެ. ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރުންނާ އެކު މިފަދަ ބައްދަލުވުމެއް އެންމެ ފުރަތަމަ ރައީސް ބޭއްވެވީ މެއި 22، ގަ އެވެ.

އެ ބައްދަލުވުމުގައި ވެސް ސަރުކާރު އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސްގެ ފަރާތުން ކޮންމެ މަޖިލިސް މެންބަރަކަށް ކޮންމެ މަހަކު ނަގުދު ބައިލައްކަ ރުފިޔާ ދެއްވާނެކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އެ ބައްދަލުވުމަ އެވެ.

އެއަށްފަހު ފާއިތުވި ފަސް މަސްދުވަހު ވެސް މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ރައީސްގެ ފަރާތުން ދެއްވާ ފައިސާ ބަހާވައިވެ އެވެ.