31 އޮކްޓޯބަރު 2024 - 16:37 1
މުހައްމަދު ޝަހްޒާން
31 އޮކްޓޯބަރު 2024 - 16:37 1
ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ލައިވް ކުރަމުން ދަނިކޮށް އެ ޖަލްސާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި ކަމަށް ބުނެ މީޑިއާ ކައުންސިލުގެ މައްސަލަ ޕީއެސްއެމުން މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މީޑިއާއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭގެ ޖަލްސާގައި އިނާމު ލިބޭ ކެޓެގަރީތަކާއި އެ ކެޓެގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކާއި އިނާމު ލިބޭ ފަރާތްތައް ދުރާލައި މީޑިއާ ކައުންސިލަށް އެނގޭނެ ކަމަށެވެ. އަދި ޕީއެސްއެމުން ލައިވް ކުރާ ހަފުލާއެއްގައި ދައްކާ ވީޑިއޯ ފުޓޭޖަކީ ޕީއެސްއެމްގެ އެޑިޓޯރިއަލަށް ފެތޭ ކޮންޓެންޓަކަށް ވާންޖެހޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ޕީއެސްއެމްއަށް ކުރިން އެންގުމެއް ނެތި ކުއްލިއަކަށް ހަފުލާގެ ތެރޭގައި އިސްވެ ދެންނެވުނު ވީޑިއޯ [ޖީ ސްކީލާން] ދެއްކުމަކީ ގަސްތުގައި ދުރާލައި ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމުން ދެއްކުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮށްފައިވާ ކަމެއްކަމަށް މި ކުންފުނިން ދެކޭތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޕަބްލިކް ސާވިސް މީޑިއާގެ ތަސައްވުރު ރައްޔިތުން ކުރިމަތީގައި ގެއްލޭފަދަ އަމަލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގާފައި ވާތީ އެ މައްސަލަ ބަލައިދެއްވުން އެދި މި ކުންފުނީގެ ފަރާތުން މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ."
ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "ސްކީލާން" އަށް
ސެޕްޓެމްބަރު 26, 2023 ގައި މި ޑޮކިއުމެންޓަރީގެ ވީޑިއޯ ރިލީސްކޮށް އަދި ހާއްސަ ރިޕޯޓެއް "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާނެ.
ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "ސްކީލާން" އަށް
ސެޕްޓެމްބަރު 26, 2023 ގައި މި ޑޮކިއުމެންޓަރީގެ ވީޑިއޯ ރިލީސްކޮށް އަދި ހާއްސަ ރިޕޯޓެއް "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާނެ.
ޕީއެސްއެމްގެ ބަޔާނުގައި ވަކި ވީޑިއޯއެއްގެ ނަން ބަޔާން ނުކުރި ނަމަވެސް ރޭ އޮތް މީޑިއާ ކައުންސިލުގެ އިނާމު ދިނުމުގެ ޖަލްސާގައި "އަދަދު" އިން މިދިޔަ އަހަރުގެ ފަހުކޮޅު ގެނެސްދިން "ޖީ ސްކީލާން" ޑޮކިއުމެންޓަރީއަށް ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން ވަނީ އިނާމު ލިބިފަ އެވެ. އެ ޑޮކިއުމެންޓަރީއަށް އިނާމު ލިބުނު ވަގުތު އެ ޑޮކިއުމެންޓަރީގެ މަންޒަރުކޮޅެއް އެ މާލަމުގައި ދެއްކި އެވެ. އެ މަންޒަރު ޕީއެސްއެމުން ވެސް ވަގުތުން ދުރަށް ރޭ ދެއްކި އެވެ.
އެ ޑޮކިއުމެންޓަރީއަށް އިނާމު ލިބުމާ ގުޅިގެން ވެރިކަން ކުރާ ޕީއެންސީއަށް ތާއީދު ކުރާ ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކޮށް މީޑިއާ ކައުންސިލަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ފާޑުކިޔުންތައް އަމާޒުވެފައި އޮއްވައި ޕީއެސްއެމުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ވީޑިއޯ ޕީއެސްއެމުން ދައްކަން ޖެހުމަކީ ރައްޔިތުން އެ މީޑިއާއަށް ކުރާ އިތުބާރު ގެއްލި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން އެ ކުންފުންޏަށް ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މީޑިއާ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ޒިންމާދާރުކަމާ އެކު އަދާ ކުރުމަށާއި އެންމެހައި ފަރާތްތަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޕީއެސްއެމުން މީޑިއާ ކައުންސިލަށް ގޮވާލައިފައިވެ އެވެ.
އެމްއެމްސީގެ ރައީސް މުސްތަފާ ޕީއެސްއެމްއިން ވަކިކޮށްފި
މިކަމާ ގުޅިގެން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދުއާ ސުވާލު ކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުރި މުވައްޒަފަކާމެދު ފިޔަވަޅު އަޅަން މިއަދު ނިންމާފައިވާ ކަމަށެވެ.

އެމްއެމްސީ ކުށްވެރިކޮށް ޕީއެސްއެމުން ބަޔާނެއް ނެރެފައިވާއިރު، މީޑިއާ ކައުންސިލުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ މިއަދު ވަނީ ޕީއެސްއެމްގެ ވަޒީފާއިން ވަކި ކޮށްފަ އެވެ.
ޕީއެސްއެމްގެ ނިއުސް އޮފަރޭޝަންގެ މަގާމުގައި ހުންނެވި މުސްތަފާ އެ ކުންފުނީގައި ވަޒީފާ އަދާކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކުއްލި އަކަށް ވަޒީފާއިން ވަކިކުރަން ނިންމީ ސްކީލާންގެ ވީޑިއޯ ދެއްކި މައްސަަލައިގައި ކަމަށްވެ އެވެ.
ސްކީލާން ޑޮކިއުމެންޓަރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ސެޕްޓެމްބަރު 2023 ގައި ތައްޔާރުކުރި ޑޮކިއުމެންޓަރީ އެކެވެ.
މުއިއްޒުގެ ދޮންމަންމައަށް ސާޖިދާ ފާޑުވިދާޅުވެއްޖެ
"ދިވެހިރާއްޖޭގެ ބިމުން ވެސް އެ ބޭފުޅާ ނެންގެވީސް ދިވެހިރާއްޖޭގެ ބިމަކުން ބޭރު މީހަކަށް ވާރުތަ ކުރެވެންޏާ. އެހެން ނަމަވެސް ބަންޑާރަ ބިމަކުން ނުލިބޭތީވެ، އެހެން ނޫނަމަ އެވެސް ހިފައިގެންކަންނޭ ދާނީ."

ގާނޫނާ ހިލާފަށް ސްކީލާން ބްލެކްލިސްޓުކުރި މައްސަލަ ބަލަނީ
"ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އިމިގްރޭޝަންގެ ތެރެއިން ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ސްކީލާން ހުސައިން ރާއްޖެ އެތެރެނުވެވޭ ގޮތަށް އެންޓްރީ ބްލޮކްކޮށްފަވާކަން ސަމާލުކަމަށް އައީ ދާދި ފަހުން. އެ ވަގުތުން ފެށިގެން އެ ކަން ހިނގާފައިވާ ގޮތް މިދަނީ ބަލާ ތަހުގީގުކުރަމުން"

މުއިއްޒުގެ ދޮންމަންމަ ސްކީލާން ބްލެކްލިސްޓުން ނަގައިފި
މުއިއްޒުގެ ދޮންމަންމަ ސްކީލާން ބްލެކްލިސްޓުން ނަގައިފި
ސްކީލާންގެ މައްސަލައިގައި މުއިއްޒު ޖަވާބުދާރީވާންޖެހޭ: ސަނީފު
ބްލެކްލިސްޓްކުރި ކަމުގެ ތުހުމަތު ސްކީލާން ކުރަނީ އޭނާގެ ދޮންދަރި، މުއިއްޒުގެ މައްޗަށް
ސްކީލާންގެ މައްސަލައިގައި މުއިއްޒު ޖަވާބުދާރީވާންޖެހޭ: ސަނީފު
ބްލެކްލިސްޓްކުރި ކަމުގެ ތުހުމަތު ސްކީލާން ކުރަނީ އޭނާގެ ދޮންދަރި، މުއިއްޒުގެ މައްޗަށް
ބިދޭސީއަކަށް ކުރި ތުހުމަތާއި ޒާތީ މަސްލަހަތަށް އޭނާ ޑީޕޯޓުކުރުން
މިއީ ލޯބިވާ ފިރިމީހާގެ ކުއްލި ވަކިވުމަށްފަހު އޭނާއާ މެދު ޝެއިޚްގެ ހުރި ހަމައެކަނި ދަރިފުޅު، ޑރ. މުއިއްޒު ކަންކުރި އިހާނެތި ގޮތްކަމަށް ސްކީލާން ކުރާ ތުހުމަތުތަކުގެ ވާހަކަ. އެ ތުހުމަތުތަކުގެ މައްޗަށް "އަދަދު" ނޫހުން ކުރި ތަހުގީގުން ފެންނާން ހުރި ލިޔުންތަކާއި ހެކީގެ ވާހަކަ.

33.33%
66.67%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment