about 3 hours 0
ލީވާން އަލީ ނާސިރު
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް: ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރު ނެގި ގޮތާ ގުޅިގެން މީކާއިލް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ: މަޖިލިސް
about 3 hours 0
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުން ފަރާތްތަކަށް ހަމަޖައްސާ އައު ޕްލޮޓްތަކުގެ ގުރު ނެގުމަށް ސަރުކާރުގެ އޮފިޝަލުން ހަމަޖައްސާފައިވާ މައްސަލާގައި، ދެފުށްފެންނަ ގޮތެއްގައި ހައްގުވެރިންނަށް އެ ގޯތިތައް ހަވާލުކުރުން ލަސްވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އެ މައްސަލަ ބޭރުކޮށްލަން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވިއިރު، މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ޕްލޮޓްތައް އެކަށައެޅުމަށް ގުރުއަތު ނެގުން އިއްޔެ ފެށީ ގޯތީގެ ހައްގުވެރިންނަށް ދުރާލައި އެންގުމެއް ނެތި ކަމަށެވެ.
"ގޯތީގެ ހައްގުވެރިންނަށް ގުރު ނެގުމުގައި ބައިވެރިނުވެވޭ ގޮތަށް، ސީދާ މިނިސްޓްރީގެ އޮފިޝަލުން ގުރު ނަގާ ގޮތަށް ހަމަޖެއްސުމަކީ ކޮރަޕްޝަނަށް މަގުފަހިވެ، ގޯތީގެ ހައްގުވެރިންގެ މުދަލަކަށް ނުހައްގުން އަރައިގަތުމުގެ ފުރުސަތު ހުޅުވިގެންދާ ގޮތަށް ކުރަމުންދާ ކމެއް،" މީކާއިލް ވިދާޅުވި އެވެ.
އެއްވެސް ހާމަކަމެއް ނެތް ގޮތަށް އަދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ޝައްކު އުފެދިގެންދާ ގޮތަށް އެކަން ކުރަމުން ދިޔުމުން އެތައް ހާސް ރައްޔިތުންގެ ބޯހިޔާވެހިކަމުގެ ހައްގަށް އުނިކަން އަންނާނެ ކަމަށް ވެސް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.
މީކާއިލް ވިދާޅުވީ ގުރު ނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާ މެދު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ކަންބޮޑުވެފައިވާ ކަމެއް ކަމަށެވެ.
އޭގެއިތުރުން، ބިންވެރިޔާ ސްކީމްއާ އެކީ ކުރީ ސަރުކާރުން ހިންގާފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ޝާއިއު ކުރުމަށް ވެސް ތަފާތު އެކި ތާރީހުތައް ދެމުން ގޮސްފައިވާކަން މީކާއިލް ވަނީ ކުއްލި މައްސަލައިގައި ފާހަގަ ކުރައްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment