Advertisement

ވީއޭއެމް އެސޯސިއޭޝަން ކަޕް: ސިފައިން، ޕޮލިސް އަދި ސިޓީ އަށް މޮޅެއް

30 އޮކްޓޯބަރު 2024 - 06:58 0

މިދިޔަ އަހަރު ދިވެހި ސިފައިންގެ ކްލަބުން ކުޅުނު މެޗެއްގެ ތެރެއިން އެޑަމް އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ވީއޭއެމް އެސޯސިއޭޝަން ކަޕް: ސިފައިން، ޕޮލިސް އަދި ސިޓީ އަށް މޮޅެއް

30 އޮކްޓޯބަރު 2024 - 06:58 0

މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕުގައި ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް އަދި ސްޕޯޓްސް ކްލަބް ސިޓީ އިން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފި އެވެ.

މި މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު މިއީ ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައި ސިފައިންގެ ކްލަބުން ކުރިހޯދީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް 3-2 ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 25-16, 21-25, 25-23, 20-25 އަދި 15-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ދިވެހި ސިފައިންގެ ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ, ޗިރަގް އެވެ.

މި މުބާރާތުގައި އެޗްޑީސީ އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ކްލަބް ހާފްލައިން ލިންކޭޖް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބުން ވަނީ ސިޓީ ސްޕޯޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-21, 25-19 އަދި 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކްލަބްގެ އަލީ މައުރޫފް އެވެ.

މި މުބާރާތުގައި ޕޮލިސް ކްލަބުން ކުޅުނު ފުރަތަމަ މެޗުވެސް އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ މެޗުގައި ޕޮލިހުން ނުކުތީ ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށެވެ. އެ މެޗުވެސް ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އިއްޔެގެ ފަހު މެޗުގައި ސިޓީ ސްޕޯޓްސް ކްލަބުން ނުކުތީ, ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށެވެ. މި މެޗު ސިޓީ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މެޗުގެ ސެޓުތައް ދިޔައީ, 28-30, 25-22, 25-23 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިޓީގެ ހަސަން ނިލާމް (ޕާޓޭ) އެވެ.

ސިޓީ އިން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި, ސިޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-1 ސެޓުން އެ މެޗު ކާމިޔާބު ކޮށްފަ އެވެ.